މދިޔަ މަހު އެއް ވަނަ ދުވަހު ބަންގުލަދޭޝްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗްގައި އަނިޔާވި ޓީސީގެ ނާއިޒު ހަސަން (ދާދު) އަނިޔާއިން ރަނގަޅުވެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި މިއަދު އީގަލްސްއާ ދެކޮޅަށް ޓީސީ ކުޅޭ މެޗަށް ތައްޔަރުވެއްޖެ އެވެ.
ޓީސީގެ ޔޓު ޓީމުގެ ކޯޗް އަހްމަދު އަހްސަން (ބަރޯ) ބުނީ މިއަދުގެ މެޗްގައި ނައިޒު އަށް ފުރުސަތު ދޭނެ ކަމަށައި އޭނާ ކުޅެން ނިކުންނާނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ބުނީ މެޗްގެ ކޮންމެވެސް ހިސާބެއްގައި ދާދު ކުޅެން ނިކުންނާނެ ކަމަށާއ މިހާރު އޭނާ އަންނަނީ މުޅިން ފިޓްވަމުން ކަމަށެވެ. އަދި ސީނިއާ ޓީމަށް އެރުމަށް ޔޫތު ޓީމުއެކު ކުޅުމަކީ ދާދުގެ ފިޓްނަސް މަޑުމަޑުން އިތުރުކޮށްދޭނެ ކަމެއް ކަމަށެވެ.
"މިފަދަ މެޗްތަކުގައި މެޗްގެ ކޮންމެވެސް ހިސާބަކުން ފުރުސަތު ދިނުމުން ކުރީގެ ފޯމަށް އެޭލން ފަސޭހަ ވާނެ"
ބަރޯ ބުނީ ދާދު އަލުން ފިޓް ވަމުން އައުމަކީ މުޅި ޓީސީގެ އިތުރުން ދިވެހި ފުތްބޯޅައަށްވެސް ލިބޭ ބޮޑު ހިތްހަމޖެހުމެއް ކަމަށެވެ.
ބަންގާޅާ ދެކޮޅަށް ކުޅުނު މެޗްގައި ދާދުގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއެއްގައި އޭނާ ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާން ދޭން ފަށާފައެވެ.
އެއަށްފަހު އޭނާ ކުޅުމާ ދުރުގައި އަށް ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނި ބުނެފައެވެ.