ރާއްޖެ ކުޅިވަރު

އީގަލްސް ފައިނަލަށް، ފަހު ސެމީ އަށް މާޒިޔާ

Oct 15, 2016

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ދަތުރުކޮށް، ސެމީގެ ފަހު މެޗުގައި ކުޅުމުގެ ފުރުސަތު މާޒިޔާ ހޯދައިފި އެވެ.

އީގަލްސް ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޓީސީ 6-4އިން ބަލިކޮށްފަ އެވެ. އަށް ޓީމު ވާދަކުރި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ކުރި ހޯދި ދެ ޓީމުގެ މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތުގައި 1-1އިން އެއްވަރުވުމުންނެވެ.

ސެމީ ފައިނަލުން ބަލިވި ނަމަވެސް ޓީސީ އަށް ފައިނަލަށް ދިއުމަށް އަދި އެއް ފުރުސަތު ލިބޭނެ އެވެ. ބުދަ ދުވަހު ހަވީރު ކުޅޭ ސެމީ ފައިނަލްގެ ފަހު މެޗުގައި ވާދަކުރާނީ ޓީސީ އާއި މާޒިޔާ އެވެ.

ސެމީގެ ފަހު ޖާގަ މާޒިޔާ ހޯދީ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ މާޒިޔާ އާއި ވެލެންސިއާ މިރޭ ކުޅުނު މެޗު 1-0އިން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހުގެ 23ގަ އެވެ.