ކަނޑުމަތީގެ ހާދިސާ

ކަންނެއްޔަށް ދިޔަ ދޯންޔެއް ގެއްލިގެން ހޯދަނީ

Oct 16, 2016
1

ކަންނެއްޔަށް ނިކުމެ އުޅުނު "ފުރުސަތު" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން އުޅޭ ދޯނީގެ ހަބަރެއް ނުވާތާ މިހާރު ހަތަރު ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެ ދޯންނާ އެންމެ ފަހަކަށް ގުޅިގައިވަނީ މިދިޔަ ބުދަ ދުވަހު ހެނދުނު ރ އަތޮޅު ތެރޭން ކަމަށް ދޯނީގެ ވެރި ފަރާތުން ބުނެފައިވާ ކަމަށެވެ.

ދޯންޏަކީ ދިގުމިނުގައި 85 ފޫޓްހުރި ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލަ އާއި ރީދޫ ކުލައިގެ ދެފަށް ދަމާފައިވާ ގޭގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ދޯނި ނިސްބަތްވާ ރަށަކާ އަތޮޅެއް ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ވަނީ މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ވީ އެންމެ އަވަހަކަށް އެމްއެންޑީއެފަށް އެންގުމަށް އިލްތިމާސްކޮށްފަ އެވެ.