އެމެރިކާގެ ރިޔާސީ އިންތިހާބު 2016

އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޓްރަމްޕަށް ކުޑަވެއްޖެ

Oct 16, 2016
1

އަންނަ މަހު އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ކުޑަ ކަމަށް އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބާ ދެމެދު ތިން ހަފުތާގެ މުއްދަތެއް އޮތްއިރު، މިއަދު އާންމު ކުރި ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ މަގުބޫލުކަން ވަނީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަނަށް ވުރެ 11 ޕަސަންޓް ދަށަށް ވެއްޓިފަ އެވެ.

އެންބީސީ ނިއުސް އާއި ވޯލް ސްޓްރީޓް ޖާނަލް ގުޅިގެން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ޕޯލް ނަތީޖާތައް ދައްކާގޮތުން ހިލަރީ އަށް 48 ޕަސަންޓް ތާއީދު ކުރެއެވެ. ޓްރަމްޕަށް ތާއީދު ކުރަނީ 37 ޕަސަންޓް މީހުންނެވެ.

ކެމްޕޭންގެ އިސްތިހާރަށް މިމަހު ބޮޑު ހަރަދެއް ކުރި، ޓްރަމްޕްގެ މަގުބޫލުކަން ދަށަށް ދިޔައީ އަންހެނުންނަށް ނިސްބަތްކޮށް މީގެ 17 އަހަރު ކުރިން ޓްރަމްޕް ދައްކާފައިވާ ވަހަކަތަކެއް އާންމުވުމުންނެވެ.