ހަބަރު

ޕީޕީއެމްގެ އެސްޖީއަކަށް ޑރ. ހަލީލް، ޑެޕިއުޓީއަކަށް އިގްބާލް

ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ރިޔާސަތުގައި އިންނަވައިގެން މިރޭ ކުރިޔަށް ދާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީއަށް ސެކެޓަރީ ޖެނަރަލަކަށް މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް އަދި ޑެޕިއުޓީ ސެކްރެޓްރީ ޖެނެރަލަށް އިގުބާލް އާދަމް ހޮވައިފި އެވެ. -- މީގެ ކުރިން އިގުބާލް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ ބައްދަލުވުމުގައި އެ ދެ ބޭފުޅުން އެ މަގާމުތަކަށް ހޮވީ ބައްދަލުވުމަށްވަޑައިގަތް 19 މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމް ތެރެއިން ރައީސް ޔާމީންއަށް ތާއީދު ކުރާ މެންބަރުންގެ ފަޅިން އެސްޖީއެއް އައްޔަން ކުރިއިރު ކޯޓް އަމުރަކުން ވަކި ގޮތަކަށް އަމަލު ކުރަން އަންގާފައި އޮއްވާ ރައީސް މައުމޫން ވެސް މިއަދު ވަނީ 11 މެންބަރަކާއެކު ކައުންސިލް ބައްދަލުވުމެއް ބާއްވާ އެސްޖީއެއް އައްޔަން ކުރައްވާފަ އެވެ.