ޕީޕީއެމް

މަޝްވަރާތަކަށް ޕީޕީއެމުން ވަޑައިގަންނަވާނީ ނިހާނާއި އަދުރޭ

Oct 16, 2016
2

ސަރުކާރުން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށް ފާސްކޮށްފި އެވެ.

މި ނިންމުން ފާސްކޮށްފައި ވަނީ ސިވިލް ކޯޓުގެ ހުކުމާ އެއް ގޮތަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސާތުގައި މިރޭ ކުރިޔަށް ގެންދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެ މަނިކުފާނުގެ ވެސް ތާއީދާއެކު އެވެ. މި ދެ ބޭފުޅުންނަކީ ކުރިން ވެސް މަޝްވަރާތަކުގައި ބައިވެރި ވަޑައިގަތުމަށް ހަމަޖައްސާފައިވާ ދެ ބޭފުޅުންނެވެ.

ނަމަވެސް ރައީސް މައުމޫނުގެ ފެކްޝަނުން ވަނީ އެހެން ދެ ބޭފުޅަކު ފޮނުވަން ހަމަޖައްސާފަ އެވެ. އެއީ ފާރިސް މައުމޫނާއި މުހައްމަދު ވަހީދު އިބްރާހީމެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ޕާޓީގެ ކައުންސިލުން ފާސްނުކުރާ ބޭފުޅެއްގެ ނަން ޕާޓީ މަޝްވަރާތަކުގައި ގަބޫލު ނުކުރެވޭނެ ކަމަށެވެ.