ވިޔަފާރި

މަޖޫރީން ކުޅިވަރު ކުޅެން ފިނި މައިޒާނެއް ހުޅުވައިިފި

Oct 17, 2016

މާލެ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މަޖޫރީންނަށް ބައެއް ކުޅިވަރުތައް ކުޅެވޭ ގޮތަށް ފިނި މައިޒާނެއް މިއަދު ހުޅުވައިިފި އެވެ.

މަޖޫރީންގެ ފިނި މައިޒާން ވިޔަފާރި ބަނދަރުގައި ހަދާފައިވަނީ ކެރަމް އާއި ޑާޓު އަދި ތާސްގެ އިތުރުން ރާޒުވާ ކުޅެވޭ ގޮތަށް ހަދާފައިވާ ފިނި މައިޒާން ފަރުމާކޮށްފައިވަނީ މަސައްކަތް ނިންމުމަށްފަހު މަޑުކޮށްލައިގެން ތިބެވޭ ގޮތަށެވެ.

"މަޖޫރީންގެ ފިނި މައިޒާން" ހުޅުއްވައި ދެއްވުމަށްފަހު، އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވީ މައިޒާން ހެދުމުގެ މަގުސަދަކީ އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީންނަށް ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ކަމަށް ޖުނައިދު ހަވާލުވެ ވަޑައިގަތުމާއެކު އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންގެ މަސައްކަތުގެ މާހައުލު ރަނގަޅު ކުރުމަށް ދަނީ ގިނަ ފިޔަވަޅު ތަކެއް އަޅަމުންނެވެ. ދާދިފަހުން ވަނީ މަޖޫރީންނަށް ހާއްސަ ޖޯލިފަތި ތަކެއްވެސް އެ ސަރަހައްދުގައި ބަހައްޓާފަ އެވެ.