ރާއްޖެ ކުޅިވަރު

މާޒިޔާގެ އެކެޑެމީ ރަސްމީކޮށް ހުޅުވަން ދަގަނޑޭ ނޮޅިވަރަމަށް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ހުޅުވަމުންދާ ފުޓްބޯޅަ އެކެޑެމީ ތަކުގެ ތެރެއިން ހދ. ނޮޅިވަރަމްގައި ގާއިމުކޮށްފައިވާ އެކެޑެމީ ހުޅުވުމަށް ގައުމީ ޓީމުގެ ކެޕްޓަން އަދި މާޒިޔާގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ނޮޅިވަރަމް އަށް ހިނގައްޖެއެވެ.

ދަގަނޑޭ އާއެކު މާޒިޔާގެ ވައިސް ކެޕްޓަން އަމްދާން އަލީ (އެންޑީ) ވެސް ވަނީ އޭނާގެ ރަށަށް ގޮސްފައެވެ. ދަގަނޑޭ އާއި އެންޑީ ނޮޅިވަރަމް އަށް ދިއުމުން އެ ރަށުގެ ރައްޔިތުން ވަނީ އެ ދެކުޅުންތެރިންނަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

މާޒިޔާއިން ދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އެކެޑެމީ ހުޅުވަން ތައްޔާރު ވަމުންނެވެ. ނޮޅިވަރަމްގައި ހުޅުވާފައިވާ އެކެޑެމީގެ ތަމްރީންތައް މިހާރުވެސް ފަށާފައިވާއިރު، 50 ކުދިން މިހާރުވެސް އެ އެކެޑެމީން ދަނީ ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ.

މާޒިޔާއިން ކުރިން ބުނެފައިވަނީ އެކެޑެމީތައް ހުޅުވާއިރު، އެކެޑެމީތަކުގައި މަސައްކަތް ކުރާނެ ކޯޗުން ސްޓާފުންވެސް އެކުލަބުން ތަމްރީން ކުރާނެ ކަމަށެވެ.