ދުނިޔެ

މަލާލާ ބޭނުންވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން

ސިޔާސީ ދާއިރާ އިން ކެރިއަރެއް ފައްކާކޮށް ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އައުމަކީ އުއްމީދުކުރާ ކަމައް ކަމަށް ޕާކިސްތާނުގެ މަޝްހޫރު އެކްޓިވިސްޓް މަލާލާ ޔޫސުފްޒާއީ ބުނެފި އެވެ.

މަލާލާ އަކީ ސުލްހައިގެ ނޮބެލް އިނާމް މިފަހަރު ލިބޭ ފަރާތްތަކުގެ ތެރެއިން އެކަކެވެ. އޭނާ ވެގެންދާނީ މި ޝަރަފްވެރި އިނާމް ހާސިލުކުރާ އެންމެ ޒުވާން މޫނަށެވެ.

މިހާރު އިނގިރޭސި ވިލާތުގައި ތައުލީމު ހާސިލުކުރަމުން އަންނަ މަލާލާ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ސިޔާސީ ދާއިރާ އަށް ވަނުމަށް އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ކަމަށެވެ.