ރައްޔިތުންގެ މަޖިލިސް

ސަފީރުކަމަށް އައްޔަންކުރާ ހަތަރު ބޭފުޅަކަށް ރުހުން ދީފި

Oct 18, 2016

ހަތަރު ގައުމެއްގެ ސަފީރު ކަމަށް ރާއްޖެއަށް އައްޔަން ކުރާ ހަަތަރު ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ހަތަރު ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ޖަރުމަނުގެ ސަފީރު ކަމަށް އައްޔަންކުރާ ސަފީރާއި ބަންގްލަދޭޝްއަށް އައްޔަން ކުރާ ސަފީރާއި ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ސިންގަޕޫރަށް އައްޔަންކުރާ ސަފީރާއި ތައިލޭންޑުގެ ނޮން ރެސިޑެންޓް ސަފީރެވެ.

ޖަރުމަނަށް އައްޔަންކުރައްވަނީ ހ. ވައިޓްޑައިމަންޑް، ޖަމީލާ އަލީ އެވެ. ބަންގްލަދޭޝްއަށް ގ. ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރެވެ. ސިންގަޕޫރުގެ ނޮން ރެސިޑެންޓް ސަފީރު ކަމަށް ހ. މީނާޒު، ހަމްދޫން އަބްދުﷲ ހަމީދެވެ. ތައިލެންޑަށް އައްޔަންކުރައްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މއ. ރެސްޓިންހައުސް، ފާތިމަތު އިނާޔާ އެވެ.