ރާއްޖެ ކުޅިވަރު

ފުޓްބޯޅައަށް ހިދުމަތް ކުރެއްވި ކޮއްޔަ ނަސީމް ނިޔާވެއްޖެ

Oct 19, 2016
2
  • ދިވެހި ފުޓުބޯޅަ ގިނަ ހިދުމަތްތަކެއް ކުރެއްވ
  • ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި
  • ސީނިޔަ ޖޫނިޔަ ޓީމުގެ މަގާމުތަކެއް ފުރުއްވި

ދިވެހި ފުޓްބޯޅަ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މއ. ފެރިސްގެ އަކީ ނަސީމް (ކޮއްޔަ ނަސީމް) ރޭ ފަތިހު ނިޔާވެއްޖެ އެވެ.

ނަސީމް އަކީ ކުލަބު ވެލެންސިއާގެ އެކިމަގާމުތައް ފުރުއްވައި ގައުމީ ޓީމުގައި ހިދުމަތްކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެފްއޭއެމުގެ ވަޒީފާއެއްގަ އެވެ. ނިޔާވިއިރު އުމުރަކީ 59 އަހަރެވެ.

ނަސީމް އަކީ އިރާނުން ރާއްޖެ ކޮޅަށް 17 ޖެހިއިރު ވެސް ގައުމީ ޓީމުގެ އެސިސްޓެންޓް މެނޭޖަރެވެ. އަދި އޭނާ ވަނީ ގައުމީ ސީނިއާ ޓީމާއި ޖޫނިއާ ޓީމުތަކުގައި ތަފާތު މަގާމުތައް އަދާކޮށްފަ އެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު ފުރުގާން މިސްކިތުގަ އެވެ.