ޑރ. އަހުމަދު ޒިޔާދު ބާގިރު

މިނިސްޓަރު ޒިޔާދު އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސްގައި

Oct 19, 2016

ވަގުފު މެދުވެރިކޮށް އިސްލާމީ މުޖްތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސޯދީ ތަރައްގީ ގެނެސްދިނުމަށް މަސައްކަތްކުރުމާ ބެހޭ ކޮންފަރެންސް އެއްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ބައިވެރިވެވަޑައިގެންފި އެވެ.

"އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް" ގެ ނަމުގައި ފެށި މި ކޮންފަރެންސް ކުރިއަށް ގެންދަނީ އިއްޔެއިން ފެށިގެން މާދަމާއަށް އަށް މައްކަތުލް މުކައްރަމާގަ އެވެ. މި ރަސްމިއްޔާތުގައި ބައެއް އެހެނިހެން އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ކޮންފަރެންސް އިފްތިތާހްކޮށްދެއްވީ ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް އަދި ސައުދީ އަރަބިއްޔާގެ "ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް" ގެ ޗެއާމަން ޑރ. ސައާދު ބިން މުފައްރިޖް ޙަޤްބާނީއެވެ. ކޮންފަރެންސް އިފްތިތާޙްކުރުމަށްޓަކައި ބޭއްވި ހަފްލާގައި މުފައްރިޖް ވަނީ ސައުދި އަރަބިއްޔާގެ "ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް" ގެ 2030 ގެ ތަސައްވުރު ހުށަހަޅުއްވައިދެއްވާފައެވެ.

މި ކޮންފަރެންސަކީ އިސްލާމީ ގިނަ ޤައުމުތަކަކަށް ހުޅުވާލެވިގެން ބޭއްވުނު މިފަދަ ފުރަތަމަ ކޮންފަރެންސް ކަމަށާއި ކުރިއަށްއޮތް ތަނުގައި ކޮންމެ އަހަރަކު މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.