ރާއްޖެ ކުޅިވަރު

އޭއެފްސީ ކަޕް ފައިނަލަށް އިންޑިއާގެ ބެންގަލޫރު އެފްސީ

މެލޭޝިއާގެ ޖޮހޯރު ދާރުލް ތާޒިމްގެ މައްޗަށް ކުރި ހޯދައި އޭއެފްސީ ކަޕް ފައިނަލަށް އަވަށްޓެރި އިންޑިއާގެ ބެންގަލޫރު އެފްސީ ދަތުރުކޮށްފިއެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާއާ އެއް ގުރޫޕެއްގައި ހިމެނުނު ބެންގަލޫރު ފައިނަލަށް ދަތުރު ކުރީ ރޭ މެލޭޝިއާގެ ޖޮހޯރުއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގް ސެމީ ފައިނަލް މެޗް 3-1 ކާމިޔާބުކޮށް 4-2 އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. މިދެޓީމު ޖޮހޯރުގެ ދަނޑުގައި ކުޅުނު މެޗް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

ރޭ ކުޅުނު މެޗްގައި ބެންގަލޫރު ކާމިޔާބު ކުރީ ޖޮހޯރުގެ މުހައްމަދު ސާފިގް މެޗްގެ 11 ވަނަ މިނެޓްގައި ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި ކުރި ހޯދައިގެންނެވެ.

ބެންގަލޫރު އެފްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. 4 ފުރަތަމަ ލަނޑު 41 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 67 ވަނަ މިނެޓްގައެވެ. ބެންގަލޫރުގެ ތިން ވަނަ ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ 75 ވަނަ މިނެޓްގައެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ކުޅޭ ފައިނަލް މެޗްގައި ބެންގަލޫރު އެފްސީއާ ވާދަ ކުރާނީ އިރާގްގެ އަލް ޤުވާ އަލް ޖަވިއްޔާއެވެ. ބެންގަލޫރު އެފްސީއަކީ އޭއެފްސީ ކަޕް ފައިނަލަށް ދަތުރު ކުރި އިންޑިއާގެ ފުރަތަމަ ޓީމެވެ.