ރިވިއު

4426 އަކީ ނަހުލާގެ މާސްޓަޕީސްއެއް!

4426ގެ މަންޒަރެއްގައި ބަތަލާ އައްޒަ އާއި އެކްޓަރު ޖުމައިހް. --ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް
0%
100%
0%

"ފިލްމީ ދާއިރާ އަށް ނުކުތީ މީހުންނަށް އަހަރެން ލިޔެދިން ސްކްރިޕްޓްތަކުގެ އަސްލު އަސަރު އެމީހުންނަށް ހުށަހަޅައި ނުދެވޭތީ. ހިތަށް އެރީ އަމިއްލަ އަށް ފިލްމު ހަދާނީއޭ އެ އިހްސާސްތައް މީހުންނާ ހަމަ އަށް ގެންގޮސްދޭން،" މިއީ 2014 ވަނަ އަހަރު އަޅުގަނޑަށް ދިން އިންޓަވިއުއެއްގައި ލިޔުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފައިވާ ވާހަކަ އެކެވެ.

"ފަހުނޭވާ" އެއްގެ ގޮތުގައި ނަހުލާގެ ފިލްމީ ހަޔާތް ފެށިގެންދިޔަ ނަމަވެސް މިއަދާ ހަމަ އަށް ވެސް އެ ނޭވާ އަށް ނުވަތަ އޭނާގެ މި "ފިލްމަކަށް" ނިމުމެއް ނައިސް އޮތް ސަބަބަކީ މިއީ ކަމަށް ވެދާނެ އެވެ. މީގެ 14 އަހަރު ކުރިން ވެސް އަދި މިހާރު ވެސް ދިވެހި ފިލްމީ ދާއިރާގައި ހުރި އެންމެ މަގްބޫލު ނުވަތަ އެންމެ ކާމިޔާބު ޑައިރެކްޓަރަކީ އޭނާ އެވެ. ވަކިން ހާއްސަކޮށް ފިރިހެނުންގެ ބާރުގަދަ ފަންނުވެރި ދާއިރާއަކަށް ބަލާއިރު ނަހުލާ އަކީ ފިސާރި އަންހެނެކޭ ބުނާވަރެވެ.

ފާތިމަތު ނަހުލާ، މިވަރުގެ ނުފޫޒުގަދަ ނުވަތަ ކާމިޔާބު ނަމަކަށް ފިލްމީ ދާއިރާގައި ބަދަލުވެގެން ދިއުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

އެންމެ ކުރިން އޭނާ އަކީ ޓީޗަރެކެވެ. ދެން ވަކި ހިސާބަކުން ލިޔުންތެރިކަމުގެ ފިޔަގަނޑު ފަޅައި އުދުއްސައިގަތީ އެވެ. ތިރިކުރީ ދިވެހި ފިލްމީ ދުނިޔެއަށެވެ. -- މީހުންނަށް ކިޔައިދީ އުނގަންނައިދޭ ސިކުނޑިއަކާއި ލިޔެ ޑައިރެކްޓްކޮށް ބޮޑެތި ފިލްމުތައް އަމިއްލަ އަށް މެނޭޖުކުރުމުގެ ގާބިލުކަމާއެކުގަ އެވެ. -- މިއީ އެކަކަށް ބަލާއިރު ވަރަށް ވެސް ގިނަ އަދި މުހިންމު ހުނަރެވެ. ވަކިން ހާއްސަކޮށް ފިލްމީ ދާއިރާގެ ޑައިރެކްޓަރުންގެ ވާހަކަ ދައްކާ ނަމަ، ނަހުލާ މި އުޅެނީ މާ ކުރީގަ އެވެ.

މިގޮތަށް ފިލްމު ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށް މި ކާމިޔާބީ އެއްވަރެއްގައި ދެމެހެއްޓޭ އެހެން މީހަކު މި ދާއިރާގައި ނެތްއިރު ނަހުލާ އަށް އެކަން ކުރެވެނީ މި ސަބަބުތަކާ ހެދި ކަމަށް ވެދާނެ އެވެ. ވަކިން ހާއްސަކޮށް ކުޅަދާނަ ވާހަކަ ލިޔުންތެރިޔަކަށް ވުމަކީ، ޑައިރެކްޓަރެއްގެ ގޮތުގައި ނަހުލާ އަށް ލިބޭ ޕްލަސް ޕޮއިންޓެކެވެ. އާންމުކޮށް ދިވެހި އެހެން ޑައިރެކްޓަރުންނަކީ ނަހުލާވެސް ބުނެފައި އެ އޮތްގޮތަށް، ލިޔުންތެރިޔާގެ އަސްލު އިހްސާސް ނުވަތަ ސްކްރީންޕްލޭގައި ލިޔެފައި އޮންނަ އިހްސާސް އެގޮތުގައި ވިޝުއަލީ ގެނެސްދެވޭ ބައެއް ނޫނެވެ. ސްކްރީންރައިޓަރުގެ ހިޔާލު އެގޮތުގައި އެގްޒެކިއުޓްކުރަން ނޭނގޭ ޑައިރެކްޓަރުން ވެސް އެބައުޅެ އެވެ.

އެހެންވީމަ "4426" ގެ ރިވިއުގެ ކުރިން ނަހުލާގެ ރިވިއުއެއް މިވަރަށް މުހިންމުވީ މި ހުރިހާ ސަބަބަކާ ހެދި އެވެ. ދެން މި އޮތީ އޭނާގެ އާ ފިލްމުގެ ރިވިއުއެވެ. އެކަމަކު އެންމެ ފުރަތަމަ ފިލްމުގެ މެއިން ކާސްޓް އަދި ކްރެޑިޓްސް އެވެ.

  • މަރިޔަމް އައްޒަ - އެލީޝާ
  • މުހައްމަދު ޖުމައްޔިލް - ސުޖާ
  • އިބްރާހިމް ޖުމައިހް - ހާނިމް
  • ޔޫސުފް ޝަފީއު - މިފޫ
  • ޝީލާ ނަޖީބު - ރޫބީ
  • ޖިމީ - މުޖޫ
  • މުހައްމަދު ފައިސަލް - ނިހާދު
  • ފާރޫގް - އަލިބެ
  • ޑައިރެކްޓްކުރީ: ފާތިމަތު ނަހުލާ އަދި އަހުމަދު ޝިނާން
  • ޕްރޮޑިއުސަރު: ހަސަން ސިނާން
  • ވާހަކަ އަދި ސްކްރީންޕްލޭ: ފާތިމަތު ނަހުލާ
  • ސިނެމެޓޯގްރެފީ: ހުސެއިން ޝިނާން
  • ސްޕެޝަލް މޭކަޕް: ޖުމައިހް
  • ކޮސްޓިއުމް ޑިޒައިން: ސޭންޑީ
  • ފިލްމު އެޑިޓިން: ފައިސަލް
  • ސްޓަންޓްސް: މާޝަލް އާޓްސް އެސޯސިއޭޝަން، އެމްއެންޑީއެފް
  • ފިލްމުގެ ދިގުމިން: 2 ގަޑި އިރާއި 30 މިނެޓް
  • ސްޓޫޑިއޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

މި ފިލްމުގައި ވަނީ ކިހިނެތް؟

ފިލްމުގައި އެލީޝާ (އައްޒަ) އަކީ ލޯބީގައި ކެހި ލިބި ޒަހަމްވެފައިވާ ބަލި ހިތެކެވެ. އޭނާ އަށް މި ހިތްދަތިކަމެއް ދީގެން އުޅޭ ކުރީގެ ލޯބިވެރިޔާ އަކީ ސުޖާ (ޖުމައްޔިލް) އެވެ. އަދި މި ލޯބީގެ ތިން ވަނަ ކަނަކީ ނުވަތަ އެލީޝާގެ އާ ލޯބިވެރިޔަކީ ހާނިމް އެވެ. މި ރޯލު ފިލްމުގައި ކުޅެފައި ވަނީ އައްޒަގެ އަސްލު ދިރިއުޅުމުގެ ވެސް ބައިވެރިޔާގެ ރޯލު ކުޅެމުން އަންނަ ޖުމައިހް ނުވަތަ މަޝްހޫރު ނަމުން ނަމަ ޖުމާ އެވެ.

އެކަމަކު ފިލްމުގެ އެންމެ މުހިންމު ތަރިންނަކީ މިއީއެއް ނޫނެވެ. ފިލްމުން ފެނިގެން ދަނީ އެންސެމްބްލްޑް ކާސްޓެކެވެ. އެގޮތުން މި އެންމެން ފިލްމުގައި އެއްތަންވެގެން ދަނީ އެލީޝާގެ ބޭބެ، މިފޫ (ޔޫއްޕެ) އާއި ފަހަރި، ރޫބީ (ޝީލާ) ގެ ކުޑަ އާއިލާ އަށް ހާއްސަ "ބޮޑު ގެއެއް" އާދަޔާހިލާފަށް ހެޔޮއަގެއްގައި ލިބޭ ވާހަކަ ބާބެކިއުއެއްގައި މިފޫ އިއުލާނުކުރާ ހިސާބުންނެވެ.

އެހިސާބުން އެންމެން އެކުގައި ގޮސް ވަންނަނީ ހަތަރު ބުރީގެ ގެއަކަށެވެ. އެ ހިސާބުން މި އެންމެންނާއި، ވާނުވާ ނޭނގި އެ ގެއަށް ވަދެވޭ ގޮތްނޭނގޭ މީހަކާއި (ޖިމީ)، ދެން ވެސް އެ "ފަޅު ގެއަކަށް ވަދެ ތިބި" ބަޔަކާ އެކު ގޭގައި ތަޅުލެވި އެންމެން އެތަނުގައި ބަންދުވަނީ އެވެ.

އެއަށް ފަހު ގާތްގަނޑަކަށް ދެ ގަޑިއިރުވަންދެން ފިލްމުގައި ދައްކުވައި ދެނީ މި ގެއެއްގެ ތެރޭގައި އެމީހުންނަށް ކުރިމަތިވާ ރޫހާނީ ނުބައި ބާރުތަކެއްގެ މުސީބާތާއި އެ ބިރުވެރިކަމަކުން ސަލާމަތްވެ ގެއިން ނުކުތުމަށް ކުރާ މަސައްކަތެވެ. އެކަމަކު ފިލްމުގެ ނަމުގައި އޮތް ނަމްބަރުގެ ހަގީގަތް ނޭނގެނީސް މިއިން އެކަކަށް ވެސް ފިލްމުގައި ސަލާމަތެއް ނޯވެ އެވެ.

ފިލްމުގެ ޕްލޮޓްގެ މިއަށް ވުރެން އިތުރަށް ވަންނާނީ ސްޕޮއިލާ އެލާޓް އަޅުވައިގެންނެވެ.

ސްޕޮއިލާ އެލާޓް!

ރަށު މީހުން އެ ގެއަކާ ބެހޭ ގޮތުން އެކި ވާހަކަތައް ދައްކާ މި ގެއަކަށް ވަނުމާ އެކު އެންމެ ފުރަތަމަ ހިނގަނީ ރޫހާނީ ބާރަކާއި އިންސާނުންގެ ކުރިމަތިލުމެއް ނޫނެވެ. ބެލުންތެރިންގެ ހިއްސުތައް ހެއްވާލުމަށް ނަހުލާ އާއި ޝިނާން ބޭނުންކޮށްފައިވާ އުކުޅަކީ، ލޯބީގެ ހިތި ރަހަ އާއި ހަސަދަ އާއި ތުރާލެވެ. މިއީ "ޖިންނިތަކަށް" ސީދާ ސަމާލުވެ ވިސްނައިގެން އިންނަ ބެލުންތެރިޔާގެ ސިކުނޑިއާ ވެސް ކުޅެލުމަށް ބޭނުންކޮށްފައިވާ ހިތްގައިމު ޕްލޮޓް ޑިވައިސްއެކެވެ.

އެގޮތުން ފުރަތަމަ ފެނިގެންދަނީ އެލީޝާގެ ލޯބީގައި އަލުން ޖެހެން ބޭނުންވެފައި ހުންނަ ސުޖާ އާއި "ނިއު އަދި އެވަރަށް ގަޓު ބޯއިފްރެންޑް" ހާނިމްގެ ކުރިމަތިލުންތަކެކެވެ. މިއީ ފިލްމުގެ ރޫހާނީ ނުބައި ބާރަށް މުޅި މާހައުލު ތައްޔާރުކޮށްދޭ "ވަޖިދުގަނޑެވެ." ދެން ފެނިގެންދަނީ މި އަރާރުމަކާއި ތަޅާފޮޅުމެއްގެ ތެރެއިން ރޫހާނީ ބާރެއް ގޮސް އެލީޝާގެ ހަށިގަނޑަށް ސަވާރުވެ އިރުއިރުގަނޑުން އަރުވާ ވަރުވަރުތަކާއި މި ޖިންނިއެއް ނުވަތަ ޖިންނިތަކެއް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގައި އޮހޮރޭ ލެއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ދެން ފާހަގަކޮށްލެވޭ ޕްލޮޓް ޑިވައިސްއަކީ ގޮތް ނޭނގޭ މީހެއްގެ ރޯލު ކުޅެފައިވާ (ޖިމީ) ގެ ކެރެކްޓާ އެވެ. ފިލްމުގެ މެއިން ކެޓަލިސްޓަކީ ނުވަތަ އޭގެ އަސްލު އިންޖީނަކީ މި ކެރެކްޓާއެވެ. މި ކެރެކްޓާއެއް ވަށައިގެން އެނބުރޭ "ޖިންނިތައް" ފިލްމުގައި ވަރަށް ވެސް ގިނަ އެވެ. ފަހަރުގައި "4426" ގެ އަސްލަކީ ވެސް މިއީ އެވެ.

މި ފިލްމަށް ފޫއްސެއް ނުވާނެ!

އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ފިލްމުގެ ޕްލޮޓް ނަހުލާ ގަތާލާފައި އޮތް މޮޅުކަމުންނެވެ. ނަހުލާގެ އެ ގާބިލުކަމަކާ މެދަކު އަހަރެމެން ދުވަހަކު ވެސް ސުވާލެއް ނުއުފައްދަމެވެ. ސުވާލެއް އުފެދިފައި އޮތް ނަމަ އެ ސުވާލެއް އުފެދިފައި އޮތީ ނަހުލާގެ ފިލްމުތަކުގެ ޓެކްނިކަލް ކޮލިޓީތަކާ މެދުގަ އެވެ.

"4426" އަށް ފޫހި ނުވާނެ އަނެއް ސަބަބަކީ މި ފިލްމުގައި ނަހުލާ އެ ޑިޕާޓްމަންޓް ގާތްގަނޑަކަށް އެއްކޮށް ރަނގަޅުކޮށްފައި އޮތުމެވެ. ފިލްމުގެ ދެ ވަނަ ޑައިރެކްޓަރެއްގެ ގޮތުގައި ނަހުލާ ގެނެސްފައިވާ ޝިނާން އަކީ ސީދާ ފިލްމުގެ ޓެކްނިކަލް ކޮލިޓީ މި ފެންވަރުގައި ހިފެހެއްޓުމަށް އިހުތިޔާރުކޮށްފައިވާ ހުނަރެކޭ ވެސް ބުނެވިދާނެ އެވެ.

އެހެންކަމުން ނަހުލާގެ ލިޔުންތެރިކަމުގެ ކުޅަދާނަކަމާއި ޑައިރެކްޝަންގެ ތަޖުރިބާތައް ގޮސް ޝިނާންގެ ޒުވާން އަދި ޒަމާނީ ހުނަރުތަކާ މަސްހުނިވުމުން "4426" ގެ ކޮލިޓީ އާއި ދުވެލި ވަރަށް ވެސް ހިތްގައިމެވެ. އެކަމަކު މިފަދަ ހިތްގައިމު ދުވެއްޔެއްގައި ގޮސް ދިވެހި ފިލްމެއް ނިންމާލެވުމަކީ އާންމުކޮށް އޮލިމްޕަހުގައި ނުކުރެވޭ ކަމެކެވެ.

ވަކިން ހާއްސަކޮށް ޝައުގުވެރިކަން ހިފަހައްޓަން ބޭނުންކުރާ އުކުޅުތަކާ ހިސާބުން ދިވެހި ގިނަ ޑައިރެކްޓަރުންނާއި ސްކްރީންރައިޓަރުން ތިބެނީ ގޮސް މަގުއޮޅިފަ އެވެ. އެކަމަކު ނަހުލާގެ ފިލްމުގެ އެންމެ ފަހަތުގައި ފޮރުވާފައިވާ "4426" ގެ ސިއްރަށް ވާސިލުވުމަށް ކޮށައިދީފައި އޮތް މަގު ވަރަށް ވެސް ޝައުގުވެރިވަނިވި އެވެ.

ފިލްމުގެ ސްކްރިޕްޓްގެ މޮޅުކަމަށް ތައުރީފު އޮއްސާ ނަމަ، އޭގެ އެންމެ މުހިންމު އެއް ކެރެކްޓާއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ (ޖިމީ) ގެ ކެރެކްޓާ ވަކިން ހާއްސަކޮށް ފާހަގަކުރަން ޖެހެ އެވެ. އަދި މި ކެރެކްޓާ ކުޅެފައިވާ ޖިމީ އޭގައި ދައްކުވައިދޭ ޕާފޯމެންސް ވެސް ފިލްމުގެ މި އަރާމު ދުވެލީގައި ބޮޑު ހިއްސާއެއް އަދާކުރެ އެވެ. އޭނާ ދީފައިވާ ޕާފޯމެންސަކީ ދިވެހި ސިނަމާއިން މަދުން ނޫނީ ނުފެންނަ ވަރުގެ މޮޅުކަމެކެވެ.

ފިލްމުގެ މޭކިންގައި ޖިމީގެ ދަތެއް ވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ. ޔަގީނަށް ވެސް އެ ޑެޑިކޭޝަންގެ ނަތީޖާ ފެނިއްޖެ އެވެ.

ފިލްމުގެ މަންޒަރެއްގައި ޖިމީ. --ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ޖިމީގެ އިތުރުން އެހެން ތަރިން ކިހިނެތް؟

މި ފިލްމުގައި ޖިމީ ދީފައި ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާއްސަވާ ވަރުގެ ޕާފޯމެންސެކޭ ބުނާވަރުވެ އެވެ. އެކަމަކު މެއިން ކާސްޓަށް ބަލާއިރު ދެރަވަރު މީހަކު ވެސް ނެތެވެ. ފިލްމުގެ ކާސްޓުގައި ހިމެނެނީ ތަޖުރިބާކާރު އެކްޓަރުންނާއި ތަޖުރިބާމަދު އެކްޓަރުންނެވެ. އެކަމަކު އެކަން އެހާ ބޮޑަކަށް އޮން ސްކްރީނުން ފާހަގައެއް ނުކުރެވެ އެވެ.

ޖިމީގެ އިތުރުން އެހެން އެކްޓަރެއްގެ ހުނަރުވެރިކަން ފާހަގަކުރާ ނަމަ، ހާނިމްގެ ރޯލު ކުޅެފައިވާ ޖުމާ އަށް ތައުރީފު ހައްގެވެ. ކުރީގެ ފިލްމެއްގެ ކުޑަ ރޯލަކުން ކުރިން ޖުމާ ފެނިފައިވެ އެވެ. އެއީ މި ރޯލާ އަޅާބަލާއިރު ވަރަށް ވެސް ކުޑަ ރޯލެކެވެ. އަނެއްކޮޅުން ނަހުލާގެ ކެރެކްޓާ ބިލްޑިން ކޮލިޓީތަކާ އެކު ޖުމާ މި ހާނިމްގެ ރޯލަށް ވަދެފައިވާ މިންވަރު މާ ބޮޑަށް ވެސް ފުރިހަމަ އެވެ.

ޖުމާ އަކީ އަޅުގަނޑަށް ސަޕްރައިޒެކެވެ. އަދި ފިލްމުން ދެ ވަނަ އަށް އެންމެ ކަމުދިޔަ ކެރެކްޓާއަކީ، ކުރަސް އޭނާ ކުޅެފައިވާ ރޯލެވެ.

އެކަމަކު ފިލްމު ބެލި ވަރަށް ގިނަ ބަޔަކު އެންމެ ބޮޑަށް ތައުރީފު އޮއްސާފައި ވަނީ ބަތަލާ އައްޒައަށެވެ. ފިލްމުގައި އައްޒަ ވެސް މޮޅެވެ. އެކަމަކު ފުރިހަމަވެފައިނުވާކަން ފާހަގަކޮށްލެވެ އެވެ. އޭނާގެ އެކްޓިން އެއްވަރެއްގައި ހިފެހެއްޓިފައެއް ނެތެވެ. އެކަމަކު ވެސް އެއީ އައްޒަގެ ފިލްމީ ހަޔާތުގައި މިހާތަނަށް ދިން "ބެސްޓް ޕާފޯމެންސްކަން" ޔަގީނެވެ.

ފިލްމުގެ ބާކީ އެހެން ތަރިންނަށް ބަލާ ނަމަ ފާހަގަކޮށްލަން ބޭނުންވާ އަނެއް ނަމަކީ އުއްމީދީ އެކްޓަރު ޖުމައްޔިލް އެވެ. ޖުމައްޔިލް އަކީ ދިވެހި ސިނަމާގެ ޑާލިންއެކެވެ. އެކަމަކު މި ފިލްމުގައި އަޅުގަނޑަށް ފެނިގެން ދިޔައީ ވަރަށް އެވްރެޖު ޖުމައްޔިލް އެކެވެ.

މި ފިލްމުގައި ސަޅީ ދެން ކޮން ކަމެއް؟

ދިވެހި އާދައިގެ ފިލްމަކާ އަޅާ ބަލާއިރު މިއީ ހަގީގަތުގައި ވަރަށް ގިނަ ކަންކަން ރަނގަޅުކޮށް މަތީ ފަޑީގައި ބާއްވާލާފައި އޮތް ފިލްމެކެވެ. ފިލްމުގެ ސަޅިކަމުގެ ވާހަކަ ދައްކާ ނަމަ ނުވަތަ ރަނގަޅު އެހެން ކަންތައްތަކެއްގެ ވާހަކަ ދައްކާ ނަމަ މި ފިލްމަށް ކޮށްފައިވާ ބުރަ އަދި ބޮޑު މަސައްކަތް އެންމެކުރިން ފާހަގަކުރަން ޖެހެ އެވެ.

މާލޭގެ މާފަންނުގައި ހުރި، ޑޮނަލްޑްގެ ކުރީގެ ފެކްޓަރީ، މި ފިލްމުގެ ސެޓަށް ބަދަލުކޮށްލާފައިވާ ގޮތާއި ފިލްމުގެ ސުޕަނެޗުރަލް އެކްޓްތަކަށް އަދި އެކްޝަން ސްޓަންޓްތަކަށްކޮށްފައިވާ އުކުޅުތަކާއި މަސައްކަތް ފާހަގަކޮށްލެވެ އެވެ. އެހެންކަމުން މިހައި ހާލުގައި އޮތް ފިލްމީ ދާއިރާ ކޮޅަށް ޖެހުމަށް ނަހުލާ އާއި އޭނާގެ އާދަޔާހިލާފު ޓީމުން ނެރެފައިވާ މި އެފަޓަށް ސަތޭކަ ދޭން ޖެހެ އެވެ. "ފައިޓް ސީންތައް" އެންމެ ފުރިހަމަ އަށް ފައްކާކުރެވިފައި ނެތަސް އެކަން މާ ބޮޑަށް ފާހަގަކުރުމުގެ ބޭނުމެއް ނެތީ މި ސަބަބާ ހެދި އެވެ.

ސަޅި އެހެން ކަމެއް ވެސް އެބައޮތެވެ. ނަހުލާގެ ޓްރޭޑްމާކް، ރޮމޭންސާއި ގައިގޯޅި މަންޒަރުތައް މި ބިރުވެރި ފިލްމަށް އޭނާ ފާއްދާލާފައިވާ ގޮތެވެ. އަދި ލިޕްސިންކްކުރާ ލަވައިގެ ސަގާފަތް ދޫކޮށް "4426" ފަދަ ބަދަލަކަށް ނަހުލާ ހިފީތީ ވަރަށް ވެސް ބޮޑަށް ޝުކުރިއްޔާ އެވެ.

މި ފިލްމުން ކަމުނުދިޔަ ކަމެއްގެ ވާހަކަ ދައްކާ ނަމަ، ފާހަގަކޮށްލާނީ ނެގި "އިންޓަވަލް ބްރޭކެވެ." ޔަގީނަށް ވެސް އެއީ ފިލްމުގެ ޝައުގުވެރިކަމުން ދަމައި ބޭރުކޮށްލި ބްރޭކެކެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝައުނާ

މި ފިލްމު ވަރަށް ހަޑި ދިވެހިންނަށް ހުތުރު އަރުވާފަ

ާމީސަހާމަ

އަޅުގަނޑު ފާހަގަ ކޮއްލަން ބޭނުންވަނީ އޭސީއެއްވެސް އައްޒަ އޮތްކޮޓަރީގައި ޖައްސާފަހުރިކަން. ދެން ޖުމައްޔިލްގެ ފައި ކަނޑައިގެންދިޔައީމަ ހަމަ ހެޔޮވަރުގެ ފޮތިކޮޅެއް ކައިރީ ލިބެން އޮތްކަން. ދެން ސީލިންގް މައްޗަށް އަރަންވީމަ ކައިރީ ހަރުގަނޑެއް. ފެން ބޯންވީމަ ފެންވެސް ލިބޭ. ހުސް ޖިންނި ކުއްޖާ ޕްރޮވައިޑް ކޮއްދޭއެއްޗެހި. އަޖާބެއްފަދަ ކަމެއް އަޅެނޫން. ޝީލާގެ އެކްޓިންގް ވަރަށް މޮޅު. އެތީ ދާޅެތާކު ބިރުވެރިކަމެއް އޮތިއްޔާ ހޯދަން.ދެންް ރުޤްޔާ ކުރާއިރުވެސް ހުސްހިލޭ ފިރިހެނުން ހިފަހައްޓަން ތިބެނީ. ދެން އޯވަރޯލް ކޮއް ފިލްމް ހަމަވަރަށް ރީތި. ޖިންނި ކުއްޖާގެ އެކްޓިންގް ވެސް ވަރަށް މޮޅު. ހެޓްސް އޮފްޓު ނަހުލާ. ކޮންމެ ފިލްމް އެއްގަވެސް ހުންނާނެ މިސްޓޭކްސް. އެހެންވީމަ އެކަންފާހަގަ ކޮއްލީ.

4426

ފިލްމް ވ.ރީތި.. މިހާތަނައް އެންމެ ރަނގަޅު ބިރުވެރި ފިލްމް.. މޭކަޕް އަދި އެޑިޓިންވެސް ސަޅި، ކާސްޓުންގެ އެކްޓިންވެސް ސަޅި ހަމަ. އެކަމު ތި ފިލްމް ހިންދީ ފިލްމް ހޮރޯ ސްޓޯރީގެ ކޮޕީ އަކާ ވައްތަރު... ކުޑަ ކުޑަ ކޮން ބަދަލު ގެނެސްސަ ހުރީ ހަމަ އޯވަރޯލް ކޮން

ރިވިއު

މަށަށް އެއްމެ ސަޅީ ޝީލާގެ އެކްޓިންގ... އެވަރެއް ނެތް ހަމަ.. ދެން ޖުމައިހްގެ ޑައިލޮގް ޑެލިވަރީ އެކޯ ،ބޮލަށް ތުރާ.. އައްޒަގެ ގައިތެރެއަށް ޖިންނި ވަންނަ ހިސާބުން އައްޒަގެ ޑައިލޮގް ޑެލިވަރީ ރަގަޅު އެކަމު އޭގެ ކުރިން ހަމަ ސުމެއް.. އައްޒަގެ އޯވަރޯލް ޕާފޯމަންސް، އެކްޓިން ވައިސްކޮށް ސަޅި.. ފިލްމްގެ މޭކަޕާ ސްޕެޝަލް އިފެކްޓްސް ދިވެހި ފިލްމަކާ ބަލާފަ ވ.ކޮލިޓީ.. ފިލްމުގަ އެބަހުރި ހަމަނުޖެހޭ ބައެއް ކަންތައްތައް، މިތާ ބައެއް ކޮމެންޓްސްގަ ފާހަގަކޮށްފަ ހުރިހެން، އެ ރީތި ބެޑްޝީޓްތަކާ، ޗާންދަލިޔާ އާ، ދެން މިހިތަށް އަރަނީ އެމީހުން ކީއްކުރަން ބޭގްއަށް ލައިގެން އުޅުނު ޖިންސެއްހޭ އެއީ.. އާއްމުކޮށް ބަޔަކު ދަތުރުދަންޔާ ޤަބޫލުކުރެވޭ އެކްސްޓްރާ ހެދުމެއް ގެންގޮސްދާނެ އެކަމު ބާބެކިއުއަށް ދާއިރު ހިއެއްނުވޭ ގެންދާނެހެންނެއް.. ދިވެހި މި ފެންވަރުގެ ފިލްމެއް އުފެއްދުނީމަ ބުނެވޭނީ ސާބަހޭ.. މަ މި ފިލްމަށް ދޭނީ 3.5.. ނަދީމުގެ ރިވިއުއަށް މަ ދޭނީ 1.5..އަސްލު ރިވިއުއަކަށް ނުވޭ.. ނަދީމުއަށް މިއަށްވުރެ ރަގަޅު ރިވިއު ލިޔެވޭނެ.. ބެޓަ ލަކް ނެކްސްޓް ޓައިމް..

ކޭންސީ

ކޮންމެވެސް ކުއްޖަކު ބުނެދީފާނަންތޯ މި މާސްޓަރ ޕީސް އަށް ވާންޖެހޭ ސަބަބެއް. މާސްޓަރ ޕީސް އަށް ވާންވާނީ އެއީ އޭގެއިން ދުނިޔެ އިމާރާތް ކުރުމަށް އެހީތެރި ކަމެއް ވެދީ އަދި އަންނަން އޮތް ޖީލަށް ވެސް އޭގެއިން އިބްރަތެއް ކުރާ ނަމަ އެވެ. ތީ ހޮލީވުޑްގެ ފީޗަރ ފިލްމް ބިއުޓިފުލް މައިންޑް ފަަދަ ކްރިއޭޓިވިޓީ ހުންނަ ފިލްމް ނުވަތަ ޓައިމް މެޝިން ފަދަ ފިލްމަކަށް ވާނަމަ ތީ މާސްޓަރ ޕީސް އެކެވެ. މިހާރު ތިޔާ މާސްޓަރ ޕީސް އަކީ އެއީ ކިހިނެއް ވެގެން ކިޔާ މާސްޓަރ ޕީސް އެއް ކަން މަމެން ޖެހޭނީ އޮޅުން ފިލުވާލަން ދުނގެތި ވަލު ރަސްގެފާނު ކައިރިން ދޯ. ވީ ޑޯން ލައިކް ޔުއަރ ދިސް ބޯރިންގް ސްޓޯރީ ލައިކް ޔޫ ޑޫ. ޔޫ ކޭން ސީ ދެޓް ވީއާރ ދަ ވަންސް އޮންދަ ކްރިޓިކަލް މޯޑް..

ކްލޯސެޓް

މަމެންނަށް ކަމަކު ނުދޭ ދިވެހި ފިލްމް އެއީ ދެން ބިރުވެރި ފިލްމްސް ތަކަށް ވުމުން. މިގޮތަށް އުފައްދާ ބިރުވެރި ފިލްމު ތަކުގައި ނުހުރޭ ދޯ ދިވެހި ޓަޗް އެއް އެއްގޮތަކަށް ވެސް. މިޚަބަރު ކިޔާލުމުން ވެސް އިނގެނީ މީ އިން އޮރިޖިން ބިރުވެރި ނޫން ކަމަށް. ސޯ މަޗް އާރޓިފިޝަލް.. ވަންތިންގް އިން ލަައިފް އިޒް ދެޓް ޔޫ ޑޯން އަންޑަރސްޓޭންޑް. އާއް ސަމްތިންގް އެބައުޓް އިޓް އިޒް ކްރޭޒީ އެން އަގްލީ އެން ބޯރިންގް އެން އަން ފިޓް.. އިފް ޔޫ ކޭން ގެޓް އިޓް ވީ ރިއަލީ ވޯންޓް އިޓް ބަޓް ކްރިއޭޓް އެން ކްރޭޓް އިޓް.. ވީ ވޯންޓް ގެޓް އިޓް، ވީ ވޯންޓް ގެޓް އިޓް، ވީ ވޯންޓް ގެޓް އިޓް.. ޖަސްޓް އޯޕަން ދަ ޑޯރ. ސަމްތިންގް އެބައުޓް އިޓް އިޒް ކްރޭޒީ އެން ބޯރިންގް އެން އަން ފިޓް.. ކީޕް އިން ދަ ކްލޯސެޓް، ކީޕް އިން ދަ ކްލޯސެޓް. ޑާންސް، ޑާންސް، ޑާންސް، ޑާންސް އެޓް ދަ ގޭޓް، ސަމްތިން އެބައުޓް އިޓް އިޒް ކްރޭޒީ އެން ބޭޑް އެން ބޯރިންގް އެން އަންފިޓް.. ޑާންސް، ޑާންސް، ޑާންސް.. އޯއް، އޯއް، އޯއް.. ކީޕް އިޓް އިން ދަ ކްލޯސެޓް..

ނޭފަރުސޮރު

އަވަހަށް ޗަފިލްމު ނައިފަރު ބާސްޔާ ހަވާލުކުރޭ... އޭރުން ޗަވިއްކޭގެން ކޭފާނެ...

އާއްހާއް

ދިވެހި ފިލްމު ތައް ބިރުވެރި ފިލްމު ގެ ގޮތުގައި ނެރެން ޖެހެނީ އެއީ ރަނގަޅަށް ސްޓޯރީ ނުލިޔެވޭތީއެވެ. މީގެއިން އާންމުންނަށް އިބުރަތެއްގެ ގޮތުގައި ދެވޭނެ އެއްވެސް މެސެޖް އެއް މިޚަބަރު ކިޔާލުމުން ދޭހަ އެއް ނުވެއެވެ. މަމެން ބަލާ އެއްޗެއް ނޫން ދިވެހި ފިލްމްސް ތަކަކީ. އެކަމަކު ހޮލީވުޑް އިން ނެރޭ ސޯ ސީރީސް އަދި ސްކްރީމް ފަދަ ފިލްމްސް ތަކަކީ އެއީ މަމެން އެއްގޮތަކަށް ވެސް ބަލާ ފިލްމް ތަކެއް ނޫނެވެ. އެއީ ވަޔަލެންސް އަށް މަގުފަހި ކުރާ ފިލްމްސް ތަކެވެ. މިހާރަކަށް އައިސް ރާއްޖޭގައި އުފައްދާ ފިލްމްސް ތައް ރަނގަޅު ސްޓޯރީ އެއް ގެ މައްޗަށް ބިނާ ކޮށް ގެން ލިޔެ ރާއްޖޭގެ ކޮމިއުނިޓީ އަށް ހޭލުން ތެރި ވާ ގޮތަށް އެއް ކަމެއް ވެސް ނުކުރެވެއެވެ. އެއީ ކޮލިޓީ ހުންނަ ފިލްމް އުފައްދާ ކޮމިއުނިޓީ އެއް ނެތީމައެވެ. މިހާރު ކަމަކީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މީޑިއާގެ ފަލަ ސުރުޚީ އެއް ހޯދައިގެން ފައިސާ ހޯދުމެވެ. މީ އަސްލަކީ. ފޮށި ފަޅަން ނިކުތަސް ހަމަ ފައިސާ ލިބޭނެ ދޯ. ދިސް އިޒް ނޮޓް ލުކިންގް ގުޑް. އޯލް އައި ވޮނާ ސޭ އިޒް ދެޓް ޔުއަރ ޕްރޮޑަކްޝަން އިޒް ބްރޫޓަލް އެން ރުތްލެސް. ދޭ ޑޯން ކެއަރ އެބައުޓް އަސް. އާއްހާއް އާއްހާއް ހާއްހާއް.. ނަށާލާ ނަށާލާ ނަށާލާ ނަށާލާ އެސްއެސްޓޭބަލް މަތީގައި. ނަށާލާ ނަށާލާ..

އެދުރު ދައިތަ

މިއޮއް ހުރިހާ ދުވަހު ނަހޫސްޓައިލޭ ކިޔައިގެން ނަހުލާ އާ ދިމާކޮއްލި މި ނަދީމެއް މިއޮތީ ފިސާރިތެދެކޭ ރިވިއު އެއް ފައްކާ ކޮށްލާފަ. ވަރަށް ސަލާމް!

1234

ކިތައް ލައްކަ ރުފިޔާގެ ނަދީމުއަށް ދީގެންބާ ނަހުލާގެ މިފުލުމު ތިހާވަރަށް ޕޮސިޓިވް ކްރިޓިކެއް ތިދިނީ؟ ނަދީބުގެ އިތުބާރު ގެއްލިއްޖެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345