ދުނިޔެ

މުމްބާއީ ހިމެނޭ މަހާރަޝްތުރާގައި ގެރި ކަތިލުމާއި އޭގެ މަސް ގެންގުޅުމާއި ވިއްކުން މަނާކޮށްފި

Mar 4, 2015
1

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގައި ގެރި ކަތިލުމާއި އޭގެ މަސް ގެންގުޅުމާއި ވިއްކުން މަނާކުރާ ބިލެއް އެ ގައުމުގެ ރައީސް ތަސްދީގުކުރައްވައިފި އެެވެ.

މި ގާނޫނާ ހިލާފުވެއްޖެ މީހަކު ޖޫރިމަނާ ކުރުމާ އެކު ފަސް އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.

އިންޑިއާގެ 1.2 ބިލިއަނުގެ އާބާދީގައި 80 ޕަސެންޓަކީ ހިންދޫންނަށް ވާއިރު ގެރިއަކީ އެ ދީނުގައި ކަރާމާތްތެރި އެއްޗެއްގެ ގޮތުގައި ދެކެ އެވެ. އެހެންވެ މިހާރުވެސް ބައެއް ސްޓޭޓްތަކުގައި ގެރި ކަތިލުމާއި އޭގެ މަސް ގެންގުޅުމާއި ވިއްކުން އޮންނަނީ މަނާކޮށްފަ އެވެ. ނަމަވެސް މަހާރަޝްތުރާ އަކީ އިންޑިއާގެ ވިޔަފާރީގެ މައި ސިޓީ ކަމުގައިވާ މުމްބާއީ އޮންނަ ސްޓޭޓެވެ.

ގެރި މަހުގެ ބަދަލުގައި އިންޑިއާގެ ވަރަށް ގިނަ ހިސާބުތަކުގައި ބޭނުންކުރަނީ ބަފަލޯ މަހެވެ. ބަފަލޯ އަކީ ގެރި ފަދަ މާތް އެއްޗެއް ކަމަކަށް ހިންދޫން ނުދެކެ އެވެ.

މަހާރަޝްތުރާގައި ގެރިމަސް މަނާ ކުރުމަށް ބިލެއް ހަދައިގެން އުޅޭތާ 19 އަަހަރު ވެއްޖެ އެވެ. މި ބިލު ގާނޫނަކަށް ހަދަން، އެ ސްޓޭޓްގެ ވެރިކަން ހިންދޫ ވަތަނީ ޕާޓީ، މިހާރު ވެރިކަންކުރާ ބީޖޭޕީ އަށް 1995 ވަނަ އަހަރު ލިބުމުން ވެސް ބިލް ތަސްދީގުކުރަން 1996 ވަނަ އަހަރު ފޮނުވި އެވެ. ބިލް ތަސްދީގުކޮށްފައި މި ވަނީ މިދިޔަ އަހަރުުގެ އާންމު އިންތިހާބުގައި މަހާރަޝްތުރާ ސްޓޭޓް ބީޖޭޕީ އަށް އަލުން ލިބުމާ އެކުގަ އެވެ. --ބީބީސީ