ހަބަރު

އަލިފާން ރޯވި "ބަރޯސާ" ބޯޓުގެ ފަޅުވެރިއެއް މަދު

އަލިފާން ރޯވެ އަނދަމުންދާ ބަރޯސާ ބޯޓު: ބޯޓުން އެކަކު މަދު ކަމަށް މިހާރު ވަނީ މައުލޫމާތު ލިބިފައި -- ފޮޓޯ: ކިޔުންތެރިއެއް
0%
0%
0%

ތިލަފުށީ ބޭރުގައި އަޅާފައި އޮއްވާ އިއްްޔެ އަލިފާން ރޯވި "ބަރޯސާ" ބޯޓުގެ ފަޅުވެރިއެއް މަދު ކަމަށް ބޯޓުގެ ފަޅުވެރިން ބުނެފި އެވެ. ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ފަޅުވެރިއެއް މަދުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު އަވަސް އަށް ވިދާޅުވީ މިހާދިސާ ހިނގިއިރު ބޯޓުގައި 19 ފަޅުވެރިން ތިބި ކަމަށާއި ނަމަވެސް ހާދިސާ ހިނގި ފަހުން ތިބީ 18 ފަޅުވެރިން ކަމަށެވެ. އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަލިފާން ގަނޑު އެއްކޮށް ކޮންޓްރޯލް ނުކުރެވޭތީ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު އެތެރޭން އަނދަމުންދާތީ ބޯޓު މިހާރު ތިލަފުށި ފަޅުން ނެރެ ކަނޑުގެ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ މީހާއަކީ ބަންގްލަދޭޝް މީހެއް ކަމަށްވެ އެވެ.

ބޯޓުގައި އަލިފާން ރޯވިއިރު ހުރީ، މިފްކޯއިން ތައިލެންޑަށް ފޮނުވާލުމަށް ތައްޔާރުކޮށްފައިވާ 15 ޓަނުގެ މަހެވެ. ހާދިސާ ހިނގި އިރު އެ ބޯޓު އޮތީ މާލެ އާއި ތިލަފުއްޓާއި ދޭތެރޭގައި އަޅާފަ އެވެ. އަލިފާން ރޯވެފައިވަނީ ބޯޓުގެ ފަލްކާގަ އެވެ. ބޯޓަކީ މިފްކޯގެ ބޯޓެއް ނޫނެވެ. އެއީ މެރިން މޯލްޑިވްސް ޕްރޮޑަކްޓްގެ ބޯޓެކެވެ.



Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345