ޝްރީލަންކާގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްގެ 100 މީޓަރު ބެސްޓްސްޓްރޯކް އިވެންޓުން ދެ ވަނަ ހޯދައި އައިޝަތު ސާޖިނާ ފެތުމުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑަލެއް ހޯދައިދީފިއެވެ.
މިއީ މި ގޭމްސްގައި ސާޖިނާ ހޯދި އިންޑަވިޖުއަލް ދެ ވަނަ ރެކޯޑެވެ. މިދިޔަ ބުދަ ދުވަހު އޭނާ ވަނީ 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުން ލޯ މެޑްލް ހޯދާފައެވެ.
އަށާރަ އަހަރުން ދަށުގެ އަންހެން 100 މީޓަރު ބެސްޓް ސްޓްރޯކް ކެޓަގަރީން ރިހި މެޑަލް ހޯދިއރު ސާޖިނަ ވަނީ އިތުރު ގައުމީ ރެކޯޑެއްވެސް ހަދާފައެވެ. އެއީ މިއަހަރު މެލޭޝިއާގައި ބޭއްވި މައިލޯ ޕެރަމް މެލޭޝިއަން އޯޕަން ސްވިމިންގ ގައި، އޭނާގެ އަމިއްލަ ރެކޯޑް މުގުރާލައިގެންނެވެ.
މިފަހަރުގެ ރޭސް ސާޖިނާ ފުރިހަމަ ކުރީ 01:24.65 ން ނެވެ. މެލޭޝިއާގެ ރޭހުގައި އޭނާ ރޭސް ނިންމީ 01:25.06 ން ނެވެ.
ހަމަ އެޔާއެކު މިއީ އޭނާ މި ގޭމްސްގައި ހެދި ދެ ވަނަ ރެކޯޑެވެ. 50 މީޓަރު ބެސްޓް ސްތްރޯކް އިވެންޓް 00:37.98 ން ނިންމައި އޭނާ ވަނީ އޭނާގެ އަމިއްލަ ރެކޯޑް މުގުރާލާފައެވެ. އެ ރެކޯޑްވެސްް ކުރިން އޭނާ ހަދާފައިވަނީ މެލޭޝިއާ މުބާރާތުގައި 00:38.17 އިން ރޭސް ނިންމައިގެންނެވެ.
ސާޖިނާ ހޯދި ދެ މެޑަލާއެކު، މި ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ވަނީ 10 މެޑަލް ހޯދާފައެވެ.