ރާއްޖެ ކުޅިވަރު

ބީޖީ އަތުން ބަލިވެ ވިކްޓްރީ ރެލިގޭޝަންގެ ޕްލޭއޮފަށް

Oct 21, 2016
1

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ބީޖީ ސްޕޯޓްސް އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވެ ވިކްޓްރީ ސްޕޯޓްސް ކުލަބު ރެލިގޭޝަންގެ ޕްލޭއޮފްގައި ކުޅެން ޖެހިއްޖެއެވެ.

މިއަދު ބީޖީ އަތުން މޮޅުވިނަމަ، ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް ވިކްޓރީއަށް އުންމީދެއް ލިބުނީހެވެ. އޭރުން ވިކްޓްރީން އިންތިޒާރު ކުރަން ޖެހޭނީ މިރޭ ނިއުރޭޑިއަންޓާ ޔުނައިޓަޑް ވިކްޓްރީގެ ނަތީޖާ އަށާއި މާދަމާ ހަވީރު ވެލެންސިއާ އާއި ޓީސީ ކުޅޭ މެޗްގެ ނަތީޖާ އަށެވެ.

ރެލިގޭޝަންގައި ވިކްޓްރީ ކުޅެން ޖެހޭނީ، ކުލަބު ޒެފްރޯލް އާއި ގްރީން ސްޓްރީޓް ބައްދަލު ކުރާ ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކަން ހޯދާ ޓީމަށް އަންނަ އަހަރު ފުރަތަމަ ޑިވިޝާނުން ޖާގަ ލިބޭނެއެވެ.

ވިކްޓްރީ ވަނީ 2013 ވަނަ އަހަރު ރެލިގޭޝަން ކުޅެފައެވެ. ވިކްޓްރީ ސަލާމަތްވީ އޭރު ލީގްގެ އެންމެ ފުލަށް ދިޔަ ވީބީ އައްޑޫއެފްސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ލީގްގެ ތާވަލުގެ ފުލަށް ދިއުމުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާ ބީޖީއާ ދެކޮޅާށް މިއަދު ކުޅުނު މެޗްގައި، ބީޖީއަށް ޕްރެޝަރެއް ނެތުމުން އެޓީމުވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވިކްޓްރީ ޕްރެޝަރުގައި ކުޅެމުން ދިޔައިރު، އެޓީމަށް ވުރެ ގިނަ ހަމަލާތައް އުފެއްދީވެސް ބީޖީ އެވެ.

ބީޖީގެ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކިންގްސްލީއެވެ.