އަފުޣާނިސްތާނުގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތޯލިބާން ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިންތަކެއް ޕާކިސްތާނަށް ހިނގައްޖެ އެވެ.
އަފުޣާނިސްތާނާއި ތޯލިބާން ޖަމާއަތާ ދެމެދު ސްލައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިމިވަނީ މިދިޔަ މަހު ތޯލިބާނުންގެ ސިޔާސީ ގޮފީގެ އިސް ފަރާތަކާއި އަފުޣާނިސްތާންގެ ޖާސޫސީ އިދާރާގެ އިސްވެރިޔަކާއި އެމެރިކާގެ ހާރިޖީ ދާއިރާގެ އިސްބޭފުޅަކާއެކު، ތިން ފަރާތުން ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދިޔަ ސިއްރު ބައްދަލުވުން ތަކަށް ފަހުއެވެ.
ތޯލިބާނުން ވަނީ އެ ޖަމާއަތުގެ ސިޔާސީ އޮފީހެއް ދޯހާގައި ގާއިމްކޮށްފަ އެވެ. ތޯލިބާނުންގެ ދެ މަސްދަރަކާ ހަވާލާދީ ދަގާޑިއަން ނޫހުން ބުނެފައިވަނި ތޯލިބާނުންގެ ދެ ޑިޕްލޮމެޓަކު މިދިޔަ ބުދަ ދުވަހު ޕާކިސްތާނަށް ގޮސްފައިވާ ކަމަށެވެ. އަދި އަފުޣާނިސްތާންގެ ސަރުކާރާއެކު މަޝްވަރާ ކުރެވޭނެ މާހައުލެއް ހޯދުމަށް ޕާކިސްތާންގެ ޑިޕްލޮމެޓް އިސް ފަރާތްތަކާއި ވާހަކަ ދެއްކުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޕާކިސްތާންގެ ދަތުރުގައި ތޯލިބާންގެ ސިޔާސީ ގޮފީގެ އިސްވެރިން މަޝްވަރާތަކުގައި، އަފުގާނިސްތާނާއެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތެވެސް ހިއްސާ ކުރާނެ ކަމަށް ތޯލިބާނުންގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.