ޑރ. އަހުމަދު ޒިޔާދު ބާގިރު

Oct 22, 2016
1

ސައުދީ އަރަބިއްޔާގެ މައްކާގައި ބާއްވާ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ގުރްއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ދެ ދަރިވަރުންނާ އިސްލާމިކް މިިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު މައްކާގައި ބައްދަލު ކުރައްވައިފި އެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ދެ ދަރިވަރުންނަކީ ސިބްޣަތުﷲ އަޙްމަދާއި ނާދިހު އަބްދުލް ހަމީދެވެ. މި ދެ ދަރިވަރުންނާއި ބައްދަލު ކުރައްވާ މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރެ، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މިނިސްޓަރު އެދި ވަޑައިގެން ހިތްވަރު ދެއްވި އެވެ،

މި މުބާރާތުގެ ކުރިން ބާއްވާ އިހުތިބާރުން މި ދެ ދަރިވަރުން ވަނީ ފާސްވެފަ އެވެ. މުބާރާތުގައި ބައިވެރިވާ އެންމެ ހަގު ބައިވެރިއަކީ ރާއްޖޭގެ ސިބްޣަތުﷲ އެވެ. އޭނާއަކީ ލޯފަން ކުއްޖެކެވެ. ހިތުން ކިޔަވާ މުބާރާތުގައި ސިބްޣަތުﷲ ބައިވެރިވަނީ ހިތުދަސް 15 ފޮތުންނެވެ. އަދި ނާދިހު ވާދަ ކުރަނީ މުޅި ގުރްއާން ހިތުދަސް ބައިގަ އެވެ.

މިނިސްޓަރު މައްކާއަށް ވަަޑައިގެންނެވީ ވަގުފްގެ ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަޢުދީ ސަރުކާރުން އިންތިޒާމް ކުރި "އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް"ގައި ބައިވެރިވަޑައިގަތުމަށެވެ.