ޝައިހް އިލްޔާސް ހުސައިން

ސައުދީ ގުރުއާން މުބާރާތުގެ ޖަޖަކަށް އިލްޔާސް

Sep 3, 2019
5

ސައުދީ އަރަބިއްޔާގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގެ ފަނޑިޔާރުކަން ކުރައްވަން ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސަށް ފުރުސަތު ދީފި އެވެ.

މި މުބާރާތް ކުރިޔަށް ދާނީ މައްކާގަ އެވެ. ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ގްރުއާން މުބާރާތުގައި ފަޑިޔާރުކަން ކުރައްވަން އިލްޔާސް މިހާރު ވަނީ ސައުދީއަށް ވަޑައިގެންފަ އެވެ. މިއީ ފަދަ ބޮޑު އަދި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ފަނޑިޔާރުކަން ކުރައްވަން ރާއްޖޭގެ އިލްމުވެރިޔަކަށް ފުރުސަތު ލިބި ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި މިފަހަރު 103 ގައުމަކުން 146 މީހަކު ބައިވެރިވެ އެވެ.
މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް 67،000 ޑޮލަރު ދެ އެވެ.