ރާއްޖެ ކުޅިވަރު

އީގަލްސް ތަށި ދިފާއުކޮށްފި

Oct 23, 2016

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ކުލަބު އީގަލްސް ދިފާއުކޮށްފި އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމު ތަށި ދިފާއު ކުރީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު 5-3 އިން ބަލިކޮށްގެންނެވެ.

އަށް ޓީމު ވާދަކުރި މުބާރާތުގެ ފައިނަލުން އީގަލްސް ޖާގަ ހޯދީ ވެސް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށްފަ އެވެ. ޓީސީ ފައިނަލަށް އައީ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ވެލެންސިއާ އާއި މާޒިޔާ ކުޅުނު ސެމީ ފައިނަލް މެޗުން މޮޅުވި މާޒިޔާ ސެމީގެ ފަހު މެޗުގައި ބަލިކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އީގަލްސްގެ ކެޕްޓަން އަންސަރު އިބްރާހީމާއި އެ ޓީމުގެ އާދަމް އިމާމް އާއި ޓީސީގެ އަލީ ހާފިޒާއި މާޒިޔާގެ މުހައްމަދު އިންޝާލް އެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަހުމަދު ޝާކިރެވެ. ފެއާޕްލޭ ޓީމަކީ މާޒިޔާ އެވެ.