ރާއްޖެ ކުޅިވަރު

އިލްހާމް އެމްއޯސީގެ ރައީސް ކަމަށް ގެންނަން އެމްޕީ ޝިނާންގެ ތާއީދު

Oct 24, 2016
1

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދު އެންޑޯސް ކުރައްވާ އޭނާއަށް ތާއީދު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ގެ ތާއީދު ދެއްވައިފި އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރިމަތިލައްވާ، ރައީސްކަން ކާމިޔާބު ކުރައްވެވި ސިނާންގެ ތާއީދު އިލްހާމަށް ދެއްވައި އޭނާ އެންޑޯސް ކުރެއްވި ރާއްޖޭގެ ފުޓްބޯޅަ ކުރި އަރުވައި ހިންގުމުގެ ދާއިރާގައި އެންމެ އުހުގައި ހުންނަވައި ރާއްޖޭގެ ފުޓްބޯޅަ ހިންގުމަށް އިލްހާމް މީގެ ކުރިން ކޮށްދެއްވި މަސައްކަތްތަކުގެ ސަބަބުން އެއީ ގާބިލް ބޭފުޅެއްކަން ސާބިތު ކޮށްދެއްވާފައިވާތީ ކަމަށް ޝިނާންގް ބޭފުޅަކު މިއަދު ވިދާޅުވި އެވެ.

"މީގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް ހިންގުމަށް ގާބިލު ރަނގަޅު ޓީމެއް މިވަގުތު އިލްހާމްގެ ފަހަތުގައި އެބައޮތް، އެހެންވީމަ ކުޅިވަރަށް ތަރައްގީ ގެނެސް ދެއްވުމަށް ޝިނާން އެގޮތަށް ނިންމެވޭ،" އޭނާ ވިދާޅުވި އެވެ.

އިލްހާމްވެސް މިއަދު ވިދާޅުވީ އެ މަގާމަށް އޭނާ ވާދަ ކުރެއްވުމުގައި ރަނގަޅު ޓީމެއް އެކުލަވާލާފައިވާއިރު އެ ޓީމަށް ބޭނުންވާ ތާއީދު ޝިނާން ދެއްވާނެ ކަމަށާއި ޝިނާންގެ ތާއީދު ވަރަށް މުހިންމު ކަމަށާއި އެމްޕީ ޝިނާނަކީ ވަރަށް ގިނަ ޒުވާނުންނާ ކުޅިވަރުތަކުގެ އެތުލީޓުންގެ ތާއީދު އޮތް ބޭފުޅެއް ކަމަށެވެ.

މިވަގުތު އޮލިމްޕިކް ކޮމެޓީގެ ރައީސް ކަމުގައި ހުންނެވީ މުހައްމަދު ޝަވީދެވެ. އެ މަގާމުގެ އިންތިހާބު އޮންނާނީ އަންނަ އަހަރު ޖޫން މަހު އެވެ. އެ އިންތިހާބުގައި މިހާތަނަށް ކުރިމަތި ލައްވާނެ ކަމަށް އިއުލާން ކޮށްފައިވަނީ އިލްހާމް އެކަންޏެވެ. އެމްއޯސީގެ މިހާރުގެ ރައީސް ޝާވީދަކީ އެފްއޭއެމްގެ ރައީސްކަން އިލްހާމް ކުރެއްވިއިރު އޭނާގެ އެޑްވައިޒަރެވެ.