ދުނިޔެ

ޕޯޓް ސިޓީގެ މަސައްކަތް ޗައިނާ ކުންފުނިން ނުހުއްޓާނަމަ ދާނީ ކޯޓަށް: ލަންކާ

Mar 5, 2015

ސްރީ ލަންކާގެ ކުރީގެ ސަރުކާރުން ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްފައިވާ 1.5 ބިލިއަން ޑޮލަރުުގެ ޕޯޓް ސިޓީ ޕްރޮޖެކްޓާ ގުޅޭ މައްސަލަަތައް ބަލާ ނިމެންދެން މަސައްކަތް ހުއްޓާލަން އެންގުމުން ވެސް މަސައްކަތް ކުރިއަށް ގެންދާތީ ކޯޓަށް ދާން ޖެހިދާނެ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ބިން ހިއްކައިގެން ތަރައްގީކުރާ ޕޯޓް ސިޓީގެ މަސައްކަތް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ބައެއް ގާނޫނުތަކާ ހިލާފަށް އަދި ތިމާވެއްޓަށް ވެސް ބެލުމެއް ނެތި ކަމަށް މިހާރުގެ ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންވެ އެ ކަންކަން ދިރާސާކޮށް ބަލަންދެން ޕްރޮޖެކްޓް މަޑުޖައްސާލަން ވަނީ އަންގައިފަ އެވެ.

މަހު ވަނީ ޕްރޮޖެކްޓް އިތުރަށް ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން އަންގާފައި ކަމަށެވެ. އޭނާ ވިދާޅުވީ ތަހުގީގު ނިމެންދެން މަސައްކަތް މަޑުޖައްސާލަން އެންގި ފަހުން މަސައްކަތް ވަނީ ހަލުވިކޮށްފައި ކަމަށެވެ.

"އެ މަސައްކަތް ހުއްޓާލަން ޖެހޭނެ. ތަހުގީގު ނިމެންދެން މަސައްކަތް ހުއްޓާލާފައި ބާއްވަން ޕޯޓްސް މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" ހާޝިމް ރޮއިޓާސް އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންގުންތަަކަށް ތަބާ ނުވެއްޖެ ނަމަ ކޯޓު އަމުރެއް ހޯދައިގެން ވެސް މަސައްކަތް ހުއްޓުވާނެ ކަމަށެވެ.

ޗައިނާ އިން ބުނަމުން ދަނީ ޕޯޓް ސިޓީ އާއި ޗައިނާ އިން ލަންކާގައި ހިންގާ އެހެން ޕްރޮޖެކްޓްތަކުން ވެސް ލަންކާ އަށް ވާނީ ފައިދާ ކަމަށެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން އެތައް ހާސް ވަޒީފާއެއް އިތުރުވެ އެތައް މިލިއަން ޑޮލަރެއް ގައުމަށް ވަންނާނެ ކަމަށް ޗައިނާ އިން ބުނެ އެވެ. ނަމަވެސް ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ރާޖަޕަކްސަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ބަދަލުވުމާ އެކު ޗައިނާއާ އެކު އޮތް ގުޅުމަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ. -- ރޮއިޓާސް