ރާއްޖެ ކުޅިވަރު

ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް މުހައްމަދު އާދަމް

Oct 25, 2016

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލްސެކެޓްރީ ކަމަށް، އެފްއޭއެމްގެ ކުރީގެ އެކްޓިން ޖެނެރަލްސެކެޓްރީ މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.

މިއަދު ވީއޭއެމްއިން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ ވީއޭއެމްއަށް ބޭނުންވަނީ ކުޅިވަރު ބްރޭންޑަކަށް ހަދައި މާކެޓް ކުރަން ދަންނަ ބޭފުޅެއް ކަމަށާއި މުހައްމަދު އާދަމްއަކީ އެފަދަ ގާބިލު ބޭފުޅެއް ކަމަށެވެ.

އެފްއޭއެމްގައި މަސައްކަތް ކުރިއިރު، މުހައްމަދު އާދަމް ވަނީ މިނިވަން ފަންސާސް ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާ އެ މުބާރާޓުގެ އިންތިޒާމް ކޮމިޓީގެ ޗެއާމަންކަން ކުރައްވާފަ އެވެ.

މުހައްމަދު އާދަމް ވަނީ މީގެ ކުރިން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލްސެކެޓްރީގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.