ބޮލީވުޑް

"އޭ ދިލްހޭ މުޝްކިލް" ކަރީނާ އަށް ވަރަށް ކަމުގޮސްފި

Oct 27, 2016
1

ފަސް އަހަރު ފަހުން ޑައިރެކްޓަރު ކަރަން ޖޯހަރު އުފައްދާފައިވާ އިންތިހާ ލޯބީގެ ފިލްމު "އޭ ދިލްހޭ މުޝްކިލް" ހުކުރު ދުވަހު ރިލީޒް ކުރާއިރު މި ފިލްމު މިވަނީ ކަރަންގެ އެކުވެރި ބޮލީވުޑްގެ ފަރާތްތަކަށް ދައްކާލާފަ އެވެ.

ކަރަންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ބަތަލާ ކަރީނާ ކަޕޫރު މި ފިލްމު ބެލުމަށްފަހު ވަނީ ފިލްމު ވަރަށް ރީތި ކަމަށާއި އޭނާ އަށް ވަރަށް ކަމުގޮސްފި ކަމަށް ބުނެފަ އެވެ.

ކަރީނާގެ ދެބެއިންގެ ދެދަރި ކޮއްކޮ ރަންބީރު ކަޕޫރާއި އައިޝްވާރިޔާ ރާއި އަދި އަނުޝްކާ ޝަރްމާގެ އިތުރުން ފަވަދް ޚާން ވެސް މުހިންމު ރޯލަކުން ފެނިގެންދާ މިފިލްމު ބެލުމަށްފަހު ފިލްމުގެ މުޅި ޓީމަށް ތައުރީފު ކުރަމުން ކަރީނާ ވަނީ ހުރިހާ އެކްޓަރުންގެ ވެސް ދައްކާލާފައިވަނީ މޮޅު އެކްޓިންއެއް ކަމަށް ބުނެފަ އެވެ.

މުމްބާއި ފިލްމު ފެސްޓިވަލްގައި ބައިވެރިވެ ކަރީނާ ވަނީ މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށާއި މިއީ ކަރަންގެ އެންމެ މޮޅު ފިލްމު ކަމަށް ވެސް ބުނެފަ އެވެ.

ފުރަތަމަ ދަރިފުޅަށް ބަލިވެއިން ފަހުން ކަރީނާ ކުރިއަށް ވުރެން ވެސް މާ ހަރަކާތްތެރިކޮށް ފެންނަމުންދާއިރު އޭނާ އަންނަނީ ބަނޑުބޮޑުވުމަކީ މަސައްކަތްތަކަށް އޮތް ހުރަހެން ނޫންކަމުގެ މިސާލު ދައްކަމުންނެވެ.

ޑިސެމްބަރު މަހުގެ ތެރޭގައި ކަރީނާ ވިހެއުމަށް ހަމަޖެހިފައިވާއިރު، ވިހެއުމަށް ޗުއްޓީ ނެގުމުގެ ކުރިން ކަރީނާ އޭނާގެ ހުރިހާ އިޝްތިހާރުތަކާއި އެހެނިހެން ވެސް ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިންމާލާނެ އެވެ.