ހޭންޑްބޯލް އެސޯސިއޭޝަންގެ ހުސްވެފައިވާ، ނައިބު ރައީސް ކަމުގެ އިންތިހާބު އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވަން އިއުލާންކޮށް އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިންތިހާބަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހު ހަ ވަނަ ދުވަހު މެންދުރު ފަހު ދޭއް ޖެހުމާ ހަމަޔަށެވެ. އިންތިހާބުގައި ވޯޓް ލުމުގެ ޝަރުތު ހަމަވަނީ ތިން ކުލަބެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ނައިބުރައީސް މަގާމު ހުސްވީ ކުރިން އެ އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް އިސްމާއިލް ސްޕޯޓްސް ކައުންސިލްގެ ރައީސް ކަމަށް ހަމަޖެއްސުމުން އެ އެސޯސިއޭޝަންގެ ރައީސް ކަމުން އިސްތިއުފާ ދިނުމުން ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ކުރީގެ ނައިބު ރައީސް އަހްމަދު އިސްމާއިލް ރައީސް ކަމަށް އިންތިހާބު ވުމުންނެވެ.
ހޭންޑްބޯލް މޯލްޑިވްސް އަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ލިބުނުތާ އަދި މިވީ އެންމެ އަހަރެކެވެ.