އައްޑު އަތޮޅު ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރީގައި އަލިފާން ރޯވެ، އަނދަމުން އެބަދެ އެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ކޮންވެންޝަން ސެންޓަރު ކައިރީގައި އޮންނަ ޗަސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އަލިފާންގެ ހާދިސާ ރިޕޯޓްކޮށްފައިވަނީ 11:50 ހާއިރު ކަމަށެވެ.
އަލިފާން ނިންވުމަށް ސިފައިން މަސައްކަތްކުރަމުން ދިޔަ ނަމަވެސް އަދި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައެއް ނުވެ އެވެ. މިހާރު ވެސް އަލިފާންގަނޑު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފައި ކަމަށް މައުލޫމާތު ލިބެ އެވެ.