އަންނަ ބުދަ ދުވަހު ފަށަން ހަމަޖެހިފައިވާ ގައުމީ ވޮލީ ލީގާއި ގައުމީ ވޮލީ މުބާރާތް ފެށުމުގެ ގޮތުން އެގްޒިބިޝަން މެޗެއް ކުޅުމަށް ވީއޭއެމް އިން ނިންމައިފި އެވެ.
މި މެޗްގައި ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ދިވެހި ކުޅުންތެރިންގެ ތެރެއިން ވީއޭއެމްއިން އެކުލަވައިލާ ޓީމަކާއި މުބާރާތުގައި ޓީމުތަކުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންގެ ޓީމާ ދެކޮޅަށެވެ.
މި މެޗްގައި އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާން އަދި ސްރީލަންކާގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ހިމެނެއެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ މިއީ މުބާރާތްތައް ފޯރި ގަދަ ކުރުމަށް، ހާއްސަ މެޗަކުން މުބާރާތް ފަށާ ފުރަތަމަ ފަހަރު ކަމަށެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްއެވެ.
މުބާރާތް ރަސްމީކޮށް ފެށިގެންދާނީ މިދިޔަ އަހަރު ބޭއްވި 47 ވަނަ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ. ޕޮލިސް ކުލަބު މުބާރާތުގެ ތަށި މިނިސްޓަރު އިރުތިޝާމާ ހަވާލު ކުރުމުންނެވެ. މިދިޔަ އަހަރު މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ޑީއެސްސީއެވެ. އަންހެން ޗެމްޕިއަން ޓީމަކީ ޕޮލިސް ކުލަބެވެ.