ރާއްޖެ ކުޅިވަރު

ވިކްޓްރީ ފުރަތަމަ ޑިވިޝަން ކަށަވަރު ކޮށްފި

ދެ ވަނަ ޑިވިޝަންގެ ރަނަރަފު ކުލަބު ޒެފްރޯލްއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗް 3-1 ން ކާމިޔާބުކޮށް 7-1 ގެ އެގްރިގޭޓް ނަތީޖާއިން ފުރަތަމަ ޑިވިޝަންގެ ޖާގަ ވިކްޓްރީ ސްޕޯޓްސް ކުލަބުން ކަށަވަރު ކޮށްފިއެވެ.

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓްރީ ފުރަތަމަ ޑިވިޝަންގެ ޖާގަ ޔަގީން ކުރަން ޕްލޭއޮފް ކުޅެން ޖެހުނީ ދިވެހި ޕްރިމިއާ ލީގްގެ ތާވަލު ހަތް ވަނައިގައި ނިންމާލަން ޖެހުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ ލެގް މެޗް ވިކްޓްރީ ކާމިޔާބު ކުރީ 4-0 ންނެވެ. އަދި މިއަދުގެ މެޗްގައި ވިކްޓްރީގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ރިޝްވާންއެވެ.

ޒެފްރޯލް ގެ ލަނޑަކީ ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓަިމުގެ ކެޕްޓަން ރިލްވާން ވަހީދު ޒެފްރީލް ކުޅުންތެރިޔަކަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ބިދޭސީ ކުޅުންތެރިޔާ ޖެންޖުސް މިލްރޯޑް ކާމިޔާބު ކުރިލަނޑެކެވެ.

ރިލޭ ކުރި ފައުލާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ވިކްޓްރީގެ ދެ ވަނަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިޒުވާން އިސްމާއީލްއެވެ.

ވިކްޓްރީގެ ތިން ވަނަ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ގޮޑްފުރޭ ވެސްޓެވެ.

ވިކްޓްރީ އަށް ސީޒަންގައި ބާކީ އޮތީ އެފްއޭ ކަޕް އެކަންޏެވެ. އެފްއޭ ކަޕް ކްއާޓާ ފައިނަލް މެޗްގައި މިއަންނަ ބުދަ ދުވަހު އެޓީމު ނިކުންނާނީ ކުލަބު ވެލެންސިއާ ދެކޮޅަށެވެ.