މަރު

ރިސޯޓެއްގެ ކޮޓަރިއެއްތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

އއ. ހަލަވެލި ރިސޯޓްގެ ރޫމެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ ކުނި ވެސްވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މައްސަލަ މިރޭ 8:10 އެހާކަންހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެކަން ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށެވެ.

މަރުވެފައިވާ މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ބިދޭސީ ފިރިހެނެކެވެ.