މޯލްޑިވިއަން

މޯލްޑިވިއަންގެ 10 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

މޯލްޑިވިއަން އިން އެ ކުންފުނީގެ 10 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ. މި ސީޕްލޭން ގެނެސްފައިވަނީ މިދިޔަ މިދިޔަ އަންގާރަ ދުވަހު ކެނެޑާއިންނެވެ.

މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް ފުޅާކުރަން ފެށި މަސައްކަތުގެ ދަށުން ގެނައި 10 ވަނަ ސީޕްލޭންނާއެކު އެ ކުންފުނީގެ ހިދުމަތް އަނެއްކާވެސް އިތުރަށް ފުޅާވީ އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު މިއަދު ވިދާޅުވެފައިވާ ގޮތުގައި މި އަހަރު އެ ކުންފުނީގެ ސީޕްލޭން 10 އަކަށް އިތުރު ކުރަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވިދާޅުވި އެވެ: "ހިދުމަތް ދުވަހުން ދުވަހަށް މިދަނީ ރަނގަޅު ކުރަމުން، ސީޕްލޭންގެ އަދަދު ވެސް އިތުރު ކުރަމުން،"

މޯލްޑިވިއަން ސީޕްލޭންގައި 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެ ކުންފުނިން ރާއްޖޭގެ ހަ ރިސޯޓަކަށް ޓޫރިސްޓުން އުފުލަމުންދެ އެވެ.