އިލެކްޝަންސް ކޮމިޝަން

އެމްޑީޕީގެ ދަފުތަރުގައި މޫސަގެ ނަން އޮންނާތީ ސުވާލު އުފައްދައިފި

Oct 31, 2016

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންްވޭރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައި ނުވާތީ އާއި އެކަން މަޖިލީހަށް ނާންގާ އޮތް އޮތުން ސާފުކޮށްދިނުމަށް އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދެފި އެވެ.

އެމްޑީޕީން މޫސައަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކޮށްފައިވާއިރު އެ ޕާޓީގެ ދަފުތަރުން މޫސަގެ ނަން އަދިވެސް އުނިކޮށްފައެއް ނުވެއެވެ.

އެމްޑީޕީން ބުނީއެ ޕާޓީގެ މެންބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ފިންގަ ޕްރިންޓް ޖެހި ފޯމު ނެތިގެން ދަފުތަރުން އުނި ކުރި އިރު މޫސާ މަނިކުގެ ފިންގަ ޕްރިންޓް ޖެހި ފޯމު ނުފޮނުވައި އަދި މޫސަ ޕާޓީން ކަނޑާލާފައިވާއިރު އަދި އެމްޑީޕީގެ ދަފްތަރުން މޫސަގެ ނަން އުނިކޮށް އޮންނަ ސަބަބެއް ނޭންގޭ ކަމަށާއި އެ ސުވާލު އުފެދޭތީ އެކަން ސާފުކޮށްދޭން އެދިފައިވާނެ ކަމަށެވެ.

މީގެ ކުރިން މޫސަ ބުނެފައި ވަނީ ފިންގާ ޕްރިންޓް ޖެހުމަށްފަހު އެމްޑީޕީގެ މެންބަޝިޕް ފޯމް މިދިޔަ އަހަރު އެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާ އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވާ އޮންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މޫސަ އެމްޑީޕީން ވަކި ކުރީ ޑިސެމްބަރު 22، 2014 އިގަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓާއި އެމްޑީޕީގެ ތްރީ ލައިން ވިޕާ ހިލާފުވެގެނެވެ. އޭރުން ނިންމާފައި ވަނީ މޫސަ އަލުން އެމްޑީޕީއާއި ގުޅެން ބޭނުންނަމަ މާފަށް އެދިވަޑައިގެން 50 މެންބަރުންގެ މެންބާޝިޕް ފޯމާއިއެކު ހުށަހެޅުމަށެވެ.

ފިންގާ ޕްރިންޓް ނެތް މެންބަރުން ޕާޓީތަކުން އުނިކުރުމުން އެމްޑީޕީގެ ދަފްތަރުން ގިނަ އަދަދެއްގެ މެންބަރުން ވަނީ އުނިވެފަ އެވެ. އޭގެ ތެރޭގައި އިބޫ އާއި އީވާ ވެސް ހިމެނުނެވެ. ނަމަވެސް އަލުން ފޯމް ހުށަހެޅުމުން މިހާރު ވަނީ ދަފުތަރުގައި ހިމަނާފަ އެވެ.