ކުޅިވަރު

އެކްސްކޯއާ ހިއްސާ ނުކޮށް ކްރިކެޓްގެ ރައީސް ހަރަކާތްތަކުގައި ބައިވެރިވާތީ ކަންބޮޑު ވެއްޖެ

Nov 2, 2016
2

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް އެކްސްކޯއާ ހިއްސާ ނުކުރައްވައި ކުޅިވަރުގެ އެހެން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާތީ ކްރިކެޓްބޯޑްގެ އެކްސްކޯގައި ހިމެނި ވަޑައިގަންނަވާ މެންބަރުތަކެއް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަވަސްއާ ވާހަކަ ދެއްކި އެކްސްކޯގެ މެންބަރަކު ވިދާޅުވީ އެކްސްކޯއާ ހިއްސާ ނުކޮށް ހަރަކާތްތަކުގައި ރައީސް ބައިވެރިވާ މައްސަލައިގައި ކަންބޯޑުވާ ކަމަށެވެ. އެގޮތުން އެއެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓް ބައްސާމް އަދީލް ޖަލީލްގެ ޓީމުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ހާޒިރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އަފްލާހް ބައިވެރިވެ ވަޑައިގެންނެވިއިރު އެކްސްކޯއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ އިތުރުން ބައެއް އެހެން މެންބަރުގެވެސް ކަންބޮޑުވުން އެބައޮތް، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެއްގެ ފަހަތުގައި އަފްލާހް ހުންނެވުން،" އޭނާ ވިދާޅުވިއެވެ. "އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއިރު އެކްސްކޯއާ ހިއްސާ ނުކުރައްވާ."

މިކަމާ ބެހޭގޮތުން އަވަސްއާ ވާހަަކަ ދައްކަމުން އަފްލާހް ވިދާޅުވީ ހިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި ނަމަވެސް އެކްސްކޯގެ އެއްވެސް ބޭފުޅަކު އެ ފަދަ ކަމެއް މިހާތަނަށް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅޭނީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ހިޔާލު ތަފާތުވުން ހުންނާނެ އެކްސްކޯގެ ހުރިހާ މެންބަރުނެއް އެއްވެސް ކަމަކަށް އިއްތިފާގު ނުވެވޭނެ،"