ރާއްޖެ ކުޅިވަރު

ކުޅިވަރު އެސޯސިއޭޝަންތަކަށް މުނިއުފާގައި އޮފީސް ހަދައިދެނީ

Nov 2, 2016

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮފީސް އިމާރާތް "މުނި އުފާ" ޔޫތު ސެންޓަރުގައި ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހްސިން (ޖޭފޯ) ވިދާޅުވީ މިހާރު ވަކި އޮފީހެއް ނެތް ކުޅިވަރު އެސޯސިއޭޝަންތަކަށް އޮފީސް އިމާރާތް ހަމަޖެއްސުމަށް ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަނާ ގުޅިގެން މުނިއުފާ ޔޫތު ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ފެށާނެ ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ފުރަތަމަ ދައުރު ނިމިގެންދާއިރު ހުރިހާ އެސޯސިއޭޝަންތަކަށް އޮފީސް ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ.

"މަދު އެސޯސިއޭޝަނެއް ނޫނީ އެފީހެއް ނެތް ވަރަށް ގަިނަ އެސޯސިއޭޝަންތައް ހިންގަމުންދަނީ ވަރަށް ދަތިކޮށް އެފަދަ އެސޯސިއޭޝަންތަކަށް އޮފީސް ހަމަޖެއްސުމަށް އަޅުގަނޑުމެން މިވަނީ ތަނެއް ތަރައްގީ ކުރުމަށް ނިންމާފަ،" ޖޭފޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުުވީ އެއީ ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގެ ތެރެއިން ހިނގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.