އެމެރިކާގެ ރިޔާސީ އިންތިހާބު 2016

މުސްލިމުންގެ ބޮޑު ތާއީދު ހިލަރީއަށް، ރެކޯޑް އަދަދަކަށް ވޯޓް ދޭނެ!

Nov 3, 2016
1

އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމަށް ރެކޯޑް އަދަދަކަށް މުސްލިމުން ވޯޓަށް ރަޖިސްޓްރީ ކޮށްފި އެވެ.

އެމެރިކާގެ މުސްލިމުންގެ އެންމެ ބޮޑު އޮގަނައިޒޭޝަން ކަމަށްވާ ޔޫއެސް ކައުންސިލް އޮފް މުސްލިމް އޮގަނައިޒޭޝަން (ޔޫއެސްސީއެމްއޯ) ވަނީ އެއް މިލިއަން މުސްލިމުން ވޯޓަށް ރަޖިސްޓްރީ ކޮށްފަ އެވެ.

"މީގެ ކުރިން އިންތިހާބުތަކުގައި ވޯޓް ނުދޭ ފަރާތްތަކުން ވެސް ކުރިއަށް އޮތް އިންތިހާބުގައި ވޯޓް ދިނުމަށް ވަނީ ރަޖިސްޓްރީ ކޮށްފަ. އަޅުގަނޑުމެން ޓާގެޓް ކުރި އެއް މިލިއަން މުސްލިމުން ވޯޓަށް ރަޖިސްޓްރީ ކުރުމަށް އެކަން ހާސިލުވެއްޖެ،" ޔޫއެސްސީއެމްއޯ ގެ ސެކެޓްރީ ޖެނަރަލް އުސާމާ ޖަމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެކުރިން އެމެރިކާގެ އިންތިހާބެއްގައި މުސްލިމުން ވޮޓް ނުދޭ މިންވަރަށް މި އިންތިހާބުގައި ވޯޓް ދޭނެ ކަމަށެވެ. އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވޯޓް ދިފައިވަނީ 500000 މުސްލިމުންނެވެ.

އިންތިހާބުގައި މުސްލިމުންގެ ތާއީދު ބޮޑަށް އޮތީ ޑިމްކޮރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަނަށެވެ. މުސްލިމުންގެ 72 ޕަސަންޓް ހިލަރީ އަށެވެ. ޓްރަމްޕަށް ތާއިދު ކުރަނީ މުސްލިމުންގެ ހަތަރު ޕަސަންޓް މީހުންނެވެ.