ރާއްޖެ ކުޅިވަރު

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ސެމީއަށް

Nov 3, 2016

ކީޕަރު މުހައްމަދު ފައިސަލް ސޭވް ކުރި ޕެނަލްޓީ ތަކާއެކު ވިކްޓްރީގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައި ކުލަބު ވެލެންސިއާ އެފްއޭ ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

މެޗްގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ފުރަތަމަ ލީޑް ނެގީވެސް ވިކްޓރީންނެވެ. މެޗްގެ 58 ވަނަ މިނެޓްގައި އެޓީމުގެ ލަނޑު ކާމިޔަބު ކުރީ އޮމަޑޫ ގޮޑްފްރޭވެސްޓެވެ. މެޗްގެ 71 ވަނަ މިނެޓްގައި ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު ފުހެއިދުއެވެ. މި ނަތީޖާއިން މެޗްގެ ފުރިހަމަ ވަގުތު ހަމަވެސް އިތުރަށް ކުޅުނު 15 މިނެޓްގެ ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން ޖެހި ޕެނަލްޓީގައި ވިކްޓްރީ ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. އަނެއް ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑިއަށެވެ.

ވެލެންސިއާގެ ތިން ޕެނަލްޓީވެސް ކާމިޔާބު ކުރިއެވެ. އެޓީމުގެ ޕެނަލްޓީތައް ޖެހީ މުހައްމަދު އާރިފް (ބަކާ) އާއި އަހްމަދު ރިލްވާން މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ.

ސެމީފައިނަލްގައި ވެލެންސިއާ ނިކުންނާނީ މިރޭ މާޒިޔާ އާއި ޔުނައިޓަޑް ވިކްޓްރީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.