ރާއްޖެ ކުޅިވަރު

ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސްއަށް

Nov 5, 2016

ފައިނަލްގައި ސީބީއެލްގެ މައްޗަށް ކުރި ހޯދައި މޯލްޑިވް ގޭސް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.

މާލޭ ސްޕޯޓްސް މެޗް ކާމިޔާބު ކުރީ 110 ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެން އަރައި 48.1 އޯވަރު ތެރޭގައި 226 ލަނޑު ހެދިއެވެ. ސީބީއެލް ކުޅެން އަރައި 33 އޯވަރު ތެރޭގައި ކާމިޔާބު ކުރެވުނީ 116 ލަނޑެވެ.

މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކީ ރާއްޖޭގެ އެއް ވަނަ ކްރިކެޓް ކުޅުންތެރިޔާ އަބްދުﷲ ޝާހިދު (އައްބޮ) އެވެ. އެންމެ މޮޅު ފީލްޑާއަކީ ހަސަން ހަޒިގް ރަޝީދެވެ. ބެސްޓް ބޯލާއަކަށް ހޮވުނީ އިބްރާހިމް ރިޒާން އެވެ.

ކްރިކެޓް ބޯޑުން ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވާ މުބާރާތަކީ ގައުމީ މުބާރާތެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ.