އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަނާއި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ތެރެއިން މިހާރު ކުރީގައި އުޅުއްވަނީ ހިލަރީ ކްލިންޓަން ކަމަށް އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓް ތަކުން ދައްކައިފި އެވެ.
ވޮޝިންޓަން ޕޯސްޓާއި އޭބީސީ ނިއުސް ގުޅިގެން ކުރިއަށް ގެންދާ ހިޔާލު ހޯދުމުގެ ވޯޓްގައި މިއަދު އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން ހިލަރީ އުޅުއްވަނީ ޓްރަމްޕަށް ވުރެ ފަސް ޕަސެންޓް ކުރީގަ އެވެ.
މިއީ އިއްޔެ އާންމު ކުރި ހިޔާލު ހޯދުންތަކުގެ ޥޯޓްގެ ނަތީޖާތަކުން ދައްކާގޮތުގައި ހިލަރީ އާއި ޓްރަމްޕާ ދެމެދު އޮތި ދެ ޕަސެންޓްގެ ކުރިއެރުމެކެވެ.