ސެމީފައިނަލް ފުރަތަމަ މެޗްގައި ނިއުރޭޑިއަންޓްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އެފްއޭކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓީސީ ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ޓީސީގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.
އެޓީމުގެ ދެ ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ވަހީދު (ހަސަން) އެވެ. ތިން ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ނާއިޒު ހަސަން (ދާދު) އެވެ.
ފައިނަލްގެ ދެ ވަނަ ޖާގަ ހޯދަން މިރޭ ނިކުންނާނީ ކުލަބު ވެލެންސިއާ އާއި ޔުނައިޓަޑް ވިކްޓްރީ އެވެ. ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ގައެވެ.