ބޭރު ކުޅިވަރު

ރެއާލްގެ ކޮންޓްރެކްޓް 2021 ވަނަ އަހަރަށް ރޮނާލްޑޯ އިތުރު ކުރަނީ

Nov 7, 2016

ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް 2021 ވަނަ އަހުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ރޮނާލްޑޯއާއެކު ރެއާލް އެއްބަސްވެއްޖެ އެވެ.

ރަސްމީކޮށް ރެއާލްގެ ކޮންޓްރެކްޓްގައި ރޮނާލްޑޯ ސޮއި ކުރާނީ މިއަދު ރެއާލްގެ ސްޓޭޑިއަމް ސެންތިއާގޯ ބެރުނަބާބޭގެ ޕްރެޒިޑެންޝިއަލް ބޮކްސްގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

އާ ކޮންޓްރެކްޓާއެކު ރޮނާލްޑޯ ވެގެން ދާނީ އެންމެ ބޮޑު އާންމުދަނީއެއް ލިބޭ ކުޅުންތެރިޔާއަށް ކަމަށް ސްޕެއިންގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގައި ގެރެތު ބޭލްގެ ކޮންޓްރެކްޓް ރެއާލްއާ އެކު އާ ކުރުމާއެކު މިހާރު ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ ބޭލް އެވެ. ރޮނާލްޑޯއަކީ މިސީޒަންގައި ރެއާލްގެ ކޮންޓްރެކްޓް އާ ކުރާ ފަސް ވަނަ ކުޅުންތެރިޔާ އެވެ.

ބޭލްގެ އިތުން ޓޯނީ ކްރޫޒް އާއި ލުކަ މޮޑްރިޗް އާއި ލޫކަސް ވަޒްކްއޭޒް ވަނީ ރެއާލް ގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ކުރިއަށް އޮތްތަނުގައި ރެއާލްގެ ކޮންްޓްރެކްޓް އާ ކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ޕެޕޭ އާއި އިސްކޯގެ އިތުރުން ޑެނީ ކަރަވަހާލް ހިމެނެ އެވެ.