ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ ބަލިކޮށް 3-2 ބަލިކޮށް އެންމެ މިނިވަން ޗެމްޕިއަންަޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ބ. އޭދަފުށި ދަތުރުކޮށްފިއެވެ.
ދ. ކުޑަހުވަދޫގައި ކުޅުނު މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އޭދަފުށީގެ ޕެނަލްޓީތައް ކާމިޔާބު ކުރީ އަޒުމީން އަބްދު ސައްތާރާއި އަބްދުﷲ އަބޫބަކުރާއި އަހްމަދު ހަނީފެވެ.
ފޭދޫއިން ކާމިޔާބު ކުރި ދެ ޕެނަލްޓީ ކާމިޔާބު ކުރީ އިބްރާހިމް އިފާން އާއި އަހްމަދު ސައީދެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ހޯދަން މާދަމާ ބައްދަލު ކުރާނީ ތިމަރަފުއްޓާއި ކުޑަހުވަދޫއެވެ.
މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.