ދައުލަތުގެ ބަޖެޓް

އަންނަ އަހަރުގެ ބަޖެޓާމެދު އޮތީ ކޮން އުންމީދެއް؟

Nov 8, 2016
1
  • މިދިޔަ އަހަރު ޕީއެސްއައިޕީއަށް 9.1 ބިލިއަން
  • ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުންދޭ
  • އަންނަ އަހަރު ބަޖެޓަކީ 27 ބިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓު ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވާފަ އެވެ. މިއަދު ހުށަހަޅާނެ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި ބަޖެޓު 27 ބިލިއަނަށް މި އަހަރު ވެސް އަރާނެ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް ކުރިއަށް އޮތް އަހަރަށް ކޮށްދޭނެ ކަންތައްތަކާއި، ހުރި މަޝްހޫރުތަކުގެ މައިގަނޑު މަންޒަރެއް ފެނިގެންދާނެ އެވެ. ސުވާލަކީ އަންނަ އަހަރުގެ ބަޖެޓާމެދު އޮތީ ކޮން އުންމީދެއް ހެއްޔެވެ؟ މި ބަޖެޓުގައި ރައްޔިތުންނަށް ކޮންދޭނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

"އަންނަ އަހަރު 27 މިލިއަން ރުފިޔާގެ ބަޖެޓެއް ހިފައިގެން މި ނުކުންނަނީ ގަނޑުވަރުތަކެއް އަޅާކަށް ނޫން. މި ނުކުންނަނީ ރައްޔިތުންގެ ހިދުމަތުގައި. ފާހާނާ ނިޒާމާއި ސާފު ބޯފެނާއި ސަހަރާތައް ހަދައިދިނުމާއި ސްކޫލްތައް އިމާރާތްކުރުމާއި ބަނދަރުތައް ހަދައިދޭން،" ޕީޕީއެމްއިން ދާދިފަހުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މިހެންނެވެ.

ރައީސްގެ ވާހަކަފުޅުތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ލައްކަފޮނި މީރުކަން ހިމެނިދާނެ ކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތެވެ. މިވާހަކަ ބުނަން ޖެހޭ ސަބަބުތައް ވެސް ގިނަ އެވެ. މީގެ ތެރެއިން އެއް ސަބަބަކީ މިހާރު ހޭދަ ކުރަމުން އަންނަ 26 ބިލިއަން ރުފިޔާގެ ބަޖެޓުން ގިނަ މަޝްރޫއުތަކެއް ހިންގަމުން ދިއުމެވެ. މިހާރުވެސް މި ބަޖެޓާއި ހިލޭ އެހީގެ ފައިސާއިން 560 މަޝްހޫރުއެއް ހިންގަމުންދެ އެވެ. މީގެތެރޭގައި ބަނދަރި ހެދުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިމެނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ވާހަކަ ދައްކާއިރު، މި އަހަރުގެ ބަޖެޓުގައި ސަރުކާރުން ޖަހާފައިވާ އަދަދުތައް ހަނދާން ކޮށްލުމަކީވެސް އެންމެ ރަނގަޅު ކަމެއް ކަމަށްވެދާނެ އެވެ. އެހެންވެ ތިރީގައި މި ހިމަނަކީ މިހާރުގެ ބަޖެޓުގައި ޖަހާފައި ހުރި ބައެއް އަދަދު ތަކެވެ.

2016 ވަނަ އަހަރުގެ ބަޖެޓަށް ބަލައިލުމެއް

  • ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ) 9.1 ބިލިއަން
  • އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރީ 22.8 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކުރީ 3.7 ބިލިއަން ރުފިޔާ
  • ބަޖެޓުގެ ދަރަންޏަކީ ބަޖެޓް ޑެފެސީޓަކީ 3.4 ބިލިއަން ރުފިޔާ

މި އަހަރުގެ ބަޖެޓަކީ ޕީއެސްއައިޕީއަށް ރެކޯޑު އަދަދަކަށް ހޭދަ ކުރަން ފާސްކުރި ބަޖެޓެކެވެ. ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ވައިގެ ބަނދަރުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެ ކަމަށްޓަކައި އަންނަ އަހަރު 63 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ 2.6 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެކެވެ. އޭގެތެރެއިން 62 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތްތަކަށް 783 މިލިއަން ރުފިޔާ ހޭދަ ކުރަން ކަނޑައެޅި އެވެ. އަދި ބިން ހިއްކުމާއި މަގު ހެދުމަށް 1.2 ބިލިއަން ރުފިޔާ ކަނޑައެޅި އެވެ. މިގޮތުން ނުވަ ރަށެއްގެ ބިން ބޮޑު ކުރުމުގެ މަސައްކަތް ކުރަން ހުށަހެޅި އެވެ، އަދި ބިން ހިއްކުމުގެ 19 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެފައިވާ ގޮތުގައި ބަޖެޓުގެ 80 ޕަސެންޓް ހަރަދުވާނީ ޕީއެސްއައިޕީ މަޝްހޫރުތަކަށް ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓަކީވެސް ޕީއެސްއައިޕީއަށް ބޮޑު ހޭދައެއް ކުރުމަށް ހުށަހެޅި ބަޖެޓެވެ. އަދި މިގޮތުން ގިނަ މަޝްރޫއު ތަކެއް ދަނީ ހިންގަމުންނެވެ. އެހެންކަމުން މި އަހަރުވެސް ބޮޑު ހޭދައެއް ކުރާނެ ކަމަށް ބެލެ އެވެ.