މި މަހުގެ 20 ވަނަ ދުވަހު ފަށާ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ބަށި މުބާރާތުގައި 16 ޓީމަކުން ބައިވެރިވެއްޖެ އެވެ.
މިފަހަރު މި މުބާރާތުގައި އަތޮޅުތަކުގެ ތެރެއިން 10 ޓީމު ވާދަކުރެ އެވެ. އަދި މާލެއިން ހަޓީމު ވަދަ ކުރެއެވެ. މި އަހަރު މުޅިން އަލަށް ހަ ޓީމެއް ވާދަކުރާނެ އެވެ. މިދިޔަ އަހަރު މުބާރާތުގައި ވާދަކޮށްފައިވަނީ 24 ޓީމެވެ.
މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕްކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކްއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.
ގައުމީ ބަށިބޯޅަ އެސޯސިއޭޝަނާ ގުޅިންގެން އެސްޓީއޯއިން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ބަށި މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ދޭން އެސްޓީއޯއިން ވަނީ ހަމަޖައްސާފަ އެވެ. އަދި ރަނަރަފު ޓީމަށް 50000 ރުފިޔާ އެވެ. ތިން ވަނަ ޓީމަށް 25000 ރުފިޔާ އެވެ. ފެއާޕްލޭ ޓީމަށް 1000 ރުފިޔާ އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. މުބާރާތުގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ޓީމަކީ ފ. ފީއަލީ ޒުވާނުންގެ ކުލަބެވެ.