ރާއްޖެ ކުޅިވަރު

އެފްއޭ ކަޕްގެ ތިން ވަނަ ނިއު އަށް

Nov 11, 2016
1

އެފްއޭ ކަޕްގެ ސެމީ ފައިނަލުން ބަލިވި ނިއުރޭޑިއަންޓާއި ޔުނައިޓަޑް ވިކްޓްރީ ބައްދަލު ކުރި ތިން ވަނަ ހޮވުމަށް ކުޅުނު މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެފްއޭ ކަޕްގެ ތިން ވަނަ ނިއު އިން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ޔޫވީން ނެވެ. މެޗްގެ 14 ވަނަ މިނެޓްގައި އެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ޝަފްރާޒްއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ޔޫވީން ނެވެ. މެޗްގެ 14 ވަނަ މިނެޓްގައި އެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ޝަފްރާޒްއެވެ.

ޔޫވީއިން ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ޔޫވީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ އިބްރާހިމް މައިސާން ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕް) އަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ހަމްޕްއެވެ.

މެޗްގެ 28 ވަނަ މިނެޓްގައި ކެރިކް އޭރިއާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ ޔޫވީގެ ހުސައިން ޝިމާޒް (ކޮކީ) ފޮނުވާލަން އުޅުނު ނަމަވެސް އޭނާގެ ބޮލުގައި ލައްވައި ނުލައި އެބޯޅަ ދިޔައީ އިރުމަތި ފަރާތުން ބޭރަށެވެ.

އޭގެ ފަހުންވެސް ކޮކީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނަ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ދިފާއު ކުރިއެވެ.

މެޗްގެ 37 ވަނަ މިނެޓްގައި ނިއު އަށް ލީޑް ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ އަދީސް ސަހީލީ ކާމިޔާބު ކުރި ލަނޑުންނެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ނިއު އުފެއްދި ހަމަލާއެއް ޔޫވީގެ ކީޕަރު ދިފާއު ކުރުމުން ރީބައުންސްވެގެން ގޯލް އޭރިއާ ތެރެއަށް ހުސްވި ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

ދެ ވަނަ ހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބިގެން ގޮސްފައެވެ. 77 ވަނަ މިނެޓްގައި ނިއުގެ ކީޕަރު ކުރިއަށް ނިކުމެ ހުއްޓައި ގޯލް ތެރެއަށް އޮއްސަލަން، ހާފުގެ މެދެއްހާ ހިސާބުގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.

މެޗްގެ ފަހު ދިހަ މިނެޓްގައި ނިއުއިން ވަނީ ސީރިޔާގެ ގައުމީ ޓީމުގައި ހިމެނިމުން ގައުމީ ޓީމަށް ރިލީސް ކޮށްފައިވާ ޔޫވީގެ އެއް ނަންބަރުކީޕަރު މުހައްމަދު އަލް ޔޫސުފްގެ ބަދަލުގައި ބަދަލު ކީޕަރު އިބްރާހިމް ރަޝީދު ގޯލަށް ނެރެގެން ކުޅުނު ޔޫވީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އަދީސް ސަހީލީއަށް އެއް ފުރުސަތު ލިބިގެން ދިޔައިރު މުހައްމަދު މުސްލިހަށް ވަނީ ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ.

މުބާރާތުގެ ފައިނަލް މެޗްގައި މާދަމާ ރޭ ވާދަ ކުރާނީ ޓީސީ އާއި ކުލަބު ވެލެންސިއާއެވެ.