ރާއްޖެ ކުޅިވަރު

މުޅި ތ. އަތޮޅު ދަނޑަށް ވަނުމަށް އެދެން: ތިމަރަފުށީ ޓީމު

Nov 11, 2016

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މާދަމާ ރޭ ބ. އޭދަފުއްޓާ ދެކޮޅަށް ނިކުންނަނީ މުޅި ތ. އަތޮޅު ތަމްސީލު ކުރަން ކަމަށާއި ތިމަރަފުށީގެ ރައްޔިތުންނާ ތ. އަތޮޅުގެ ރައްޔިތުން ދަނޑަށް ވަދެ، ތިމަރަފުށީ ޓީމަށް ސަޕޯޓް ކޮށްދިނުމަށް ތިމަރަފުށީ ފުޓްބޯޅަ ޓީމުން އެދިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ މެޗަށް މިއަދު ތިމަރަފުށީ ޓީމާއެކު މާލެ ވަޑައިގެންނެވި އެ ރަށު ކައުންސިލުގެ މެންބަރު އަހްމަދު މުއިއްޒު ވިދާޅުވީ ތިމަރަފުށިން ވެސް ޓީމަށް ސަޕޯޓް ކުރުމަށްޓަކައި މާލެ އަންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ތިމަރަފުށީގެ ރައްޔިތުންނާއި ތ. އަތޮޅުގެ ރައްޔިތުން މާދަމާ ރޭ ދަނޑަށްވަދެ ތިމަރަފުށީ ޓީމަށް ސަޕޯޓް ކޮށްދޭން. އެއީ އަޅުގަނޑުމެން މި ތަމްސީލު ކުރަނީ މުޅި ތ. އަތޮޅު" މުއިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ތިމަރަފުށީ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ލިބިއްޖެނަމަ ވެންގެންދާނީ މުޅި އޮތޮޅަށް ނިސްބަތްވާނެ ކާމިޔާބަކަށް ކަމަށެވެ.

ތިމަރަފުށީ ޓީމު މާދަމާ ރޭ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ފެހި ކުލައެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ތިމަރަފުށީ ޓީމަށް ސަޕޯޓް ކުރުމަށް ވަޑައިގަންނަވާ ބޭފުޅުން ފެހި ކުލައިގެ ހެދުމެއްގައި ދަނޑަށް ވަނުމަށް،"