ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި

Nov 13, 2016
1

ފޭސްބުކްގައި ރައީސް އަބްދުﷲ ޔާމީނަށް އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މީހަކަށް އިންޒާރުދިން މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ މީހަކަށް އިންޒާރުދިން މައްސަލައެއް ބަލަމުންދާ ކަމަށާއި، ނަމަވެސް އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އަށް މީހަކު އިންޒާރު ދީފައިވަނީ ފޭސްބުކްގައި ލިޔުނު ސްޓޭޓަސް އެއްގަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފޭސްބުކުން މީހަކު ރައީސަށް އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު ސަރުކާރަށް އިންޒާރުދީ މީގެ ކުރިން ބަޔަކު ޔޫޓިއުބަށް އަޕްލޯޑްކުރި ވީޑިއޯއެއްގެ ތަހުގީގުވެސް ފުލުހުން ދަނީ ކުރަމުންނެވެ.