ރާއްޖެ ކުޅިވަރު

ފުރަތަމަ ފަހަރަށް އަންހެން ކްރިކެޓް މުބާރާތެއް ބާއްވަނީ

Nov 13, 2016
2

ރާއްޖޭގެ ފުރަތަމަ އަންހެން ކްރިކެޓް މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތް ފުވައްމުލަކުގައި ބޭއްވުމަށް ކްރިކެޓް ބޯޑުން ނިންމައިފިއެވެ.

މި މުބާރާތަކީ ޓްވެންޓީ ޓްވެންޓީ ކްރިކެޓް މުބާރާތެކެވެ.

ކްރިކެޓްބޯޑްގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ މުބާރާތް ޑިސެމްބަރު މަހު ފަހު ކޮޅު ނުވަތަ ޖަނަވަރީ މަހު ކުރީ ކޮޅު ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ.

"މިހާރު ވާހަކަ ދެއްކިފައިވާ ގޮތުން ފުވަމުލަކުން ތިން ޓީމާއި މާލެއިން ވަދަ ކުރާ ޓީމަކާއި ލ. ކުނަހަންދޫ އިން ޓީމެއް ބައިވެރިވާ ގޮތަށް އޮތީ" އަފްލާހް ވިދާޅުވިއެވެ.

ލ. ކުނަހަންދޫ އާއި ފުވައްމުލަކަކީ ކުރިކެޓް ފޯރި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ދެ ރަށެވެ. ކުނަހަންދޫގައި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކްރިކެޓް ބޯޑައި ގުޅިގެން އެރަށު ކައުންސިލުން ދަނީ ކުރަމުން ނެވެ.

އަފްލާހް ވިދަޅުވީ މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ގައުމީ އަންހެން ކްރިކެޓް މުބާރާތެއްގައި ކުރިއަށް ގެންދިއުމަށް ވިސްނުން ގެންގުޅެމުންދާ ކަމަށެވެ.