ތިލަފުށި

ތިލަފުށީގެ 40 ބިމަކަށް އީއޯއައި ހުށަހަޅަން ހުޅުވާލައިފި

Nov 14, 2016

ތިލަފުށިން އަލަށް ހިއްކާފައިވާ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު (ޓީއައިޒެޑް) އިން ބިން ކުއްޔަށް ހިފަމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޝަކުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް، އީއޯއައި ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ބުނީ އަލަށް ހުޅުވާލި މި ފުރުސަތުގައި ގުދަން ކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ޓީއައިޒެޑުން 1,300 އަކަފޫޓާއި 20,000 އަކަފޫޓާ ދެމެދުގެ 40 ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އެ ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވަނަދުވަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބިމުގެ ތަފުސީލު

- 4,056 އަކަފޫޓު - 5,002 އަކަފޫޓުގެ ދެބިން - އަލިފާން ނުހިފާޒާތުގެ ތަކެއްޗާއިކާނާގެ ބާވަތްތައް ނޫން ތަކެތި ގުދަންކުރަން
- 5,024 އަކަފޫޓު - 5,056 އަކަފޫޓުގެ ދެ ބިން - ބަންދުކުރެވިފައިވާ ކާނާ ގުދަންކުރުން
- 7,700 އަކަފޫޓު - 12,466 އަކަފޫޓުގެ ހަ ބިން - ފަރުނީޗަރު ގުދަންކުރުން
- 12,472 އަކަފޫޓު - 12,842 އަކަފޫޓުގެ ދެ ބިން - ޖެނެރަލް ހާޑްވެއާ ގުދަން ކުރުން
- 12,479 އަކަފޫޓު – 12,503 އަކަފޫޓުގެ ދެ ބިން - ބިލްޑްވެއާ ގުދަން ކުރުން
- 16,704 އަކަފޫޓު - 19,886 އަކަފޫޓުގެ ދެ ބިން - އިންޑަސްޓްރިއަލް އިކުއިޕްމަންޓާއި މެރިން ނުވަތަ ޕަވާ ޖެނެރޭޓަރު ގުދަންކުރުން
- 20,027 އަކަފޫޓު - 20,067 އަކަފޫޓުގެ ދެ ބިން - އޮޓޯމޮބައިލް / މޮޓޯ ވެހިކަލް ގުދަންކުރުން
- 10,028 އަކަފޫޓު - 10,059 އަކަފޫޓުގެ ދެ ބިން - ކޯލްޑް ސްޓޯރޭޖް
- 1,499 އަކަފޫޓު - 1,501 އަކަފޫޓުގެ ހަތަރު ބިން - އެއްގަމު އުޅަނދުގެ މެއިންޓެނަންސް
- 2,452 އަކަފޫޓު - 4,032 އަކަފޫޓުގެ އަށް ބިން - އެއްގަމު އުޅަނދުފަހަރު މަރާމާތުކުރުން
- 2,454 އަކަފޫޓު - 2,462 އަކަފޫޓު ދެ ބިން - މެޝިން ޝޮޕް (ލޭތު، ބޯރިން ނުވަތަ މިފަދަ މަސައްކަތްތަކަށް)
- 4,029 އަކަފޫޓު - 4,032 އަކަފޫޓުގެ ދެ ބިން - އޮޓޯމޮބައިލް ލުބްރިކެންޓްސް އަދި ސްޕެއަޕާޓްސް
- 1,385 އަކަފޫޓު - 1,386 އަކަފޫޓުގެ ދެ ބިން - މެޓަލް ފެބްރިކޭޝަން މަސައްކަތް
- 3,464 އަކަފޫޓު - 11,366 އަކަފޫޓުގެ ދެ ބިން - އެލުމިނިއަމް މަސައްކަތް

އަދި، ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ލިސްޓުގައި ނުހިމެނޭ މަސައްކަތެއް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް ވެސް ޝައުގުވެރިކަން ފާޅު ކޮށް ސިޓީ ފޮނުވުމަށް ވެސް ވަނީ އެދިފަ އެވެ.