ވެލިގާ ހާޑްވެއާ

ވެލިގާ ހާޑްވެއާ ހުޅުމާލެ ފިހާރަ: އިމާރާތް ކުރުން ފަސޭހަ ކޮށްދީފި

Nov 14, 2016

އިމާރާތް ކުރުމުގެ މަސައްކަތް އެންމެ ގިނަވެފައި ހަލުވިކޮށް ހިނގާ އެއް ރަށަކީ ހުޅުމާލެ އެވެ. ނަމަވެސް ހުޅުމާލޭގައި ހާޑްވެއާ ފިހާރައެއް ނެތުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. މިކަން މި ފަސޭހަކޮށްދިނީ ވެލިގާ ހާޑްވެއާއިންނެވެ. އެއީ ވެލިގާ ހުޅުމާލެ ޝޯރޫމް ހުޅުވައިގެންނެވެ.

ވެލިގާ ހާޑްވެއާގެ ހުޅުމާލެ ފިހާރަ އަދި ޝޯ ރޫމް ހުޅުވައި ދެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފިހާރަ ރަސްމީކޮށް ހުޅުއްވައި ދެއްވީ އެޗްޑީސީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި ވެލިގާ ހާޑްވެއާގެ ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަބޫބަކުރު އެވެ.

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވީ ވެލިގާ ހާޑްވެއާ ފަދަ ބޮޑު ހާޑްވެއާ ބްރޭންޑް އަކުން ހުޅުމާލޭގައި ހިދުމަތްދޭން ފެށުމަކީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ކުރިއެރުމެއް ކަމަށެވެ. ހާއްސަކޮށް ހިލޭ މުދާ ގެންގޮސްދިނުމުގެ ހިދުމަތުގެ ސަބަބުން އިމާރާތްކުރުމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި އުޅޭ ފަރުދުންނަށާއި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބި، މަސައްކަތުގެ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.

ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އަބޫބަކުރު މުހައްމަދު ވިދާޅުވީ، މިކަން ކާމިޔާބު ކަމާއެކު ނިންމާލެވުމަކީ ވެލިގާ ބްރޭންޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ވެލިގާ އިން ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ހިދުމަތް ފުޅާވެ ތަރައްގީވަމުން ދާ ހެއްކެކެވެ. އަބޫބަކުރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެލިގާ ހާޑްވެއަރ ހުޅުމާލެ ފިހާރައިން، މާލެ އިން ލިބެންހުރި ހުރިހާ ވައްތަރެއްގެ މުދަލެއް، މާލެއެކޭ އެއްއަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

ފިހާރަ އަދި ޝޯރޫމް ހުޅުވުމާ ގުޅިގެން، ޑިސެމްބަރު 10 ގެ ނިޔަލަށް ހާއްސަ ލަކީޑްރޯއެއް ކުރިއަށް ދާނެ އެވެ. މި ލަކީޑްރޯގައި ކޮންމެ ދުވަހަކުވެސް 10 ރުފިޔާ އަށްވުރެ މަތިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަކަށް 1000 ރުފިޔާގެ ވައުޗަރެއް ލިބޭނެ އެވެ.

ވެލިގާ ހާޑްވެއާއަކީ 2008 ވަނަ އަހަރު އުފެދުނު ވިޔަފާރިއެކެވެ. މި ކުންފުނީގައި މިހާރު ތިން ފިހާރަ ހިންގާއިރު، 65 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.